އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިމި ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެންވަޔަރަމަންޓް މިނިސްޓްރީން ދީފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
10 ޖުލައި 2019
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިމި ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެންވަޔަރަމަންޓް މިނިސްޓްރީން ދީފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އާއި ނަރުދަމާގެ މަޝްރޫއާ ގުޅުން ހުރި ކުންފުނިތަކުގެ ޓީމެއް ކައުންސިލާ ބައްދަލުކޮށް، މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް ފަހު ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ ހަތަރު އަވަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓްރީން ބުނި ކަމަށެވެ.
އައްޑޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ބައި-ވޯޓަ ކިޔާ އިނގިރޭސިވިލާތުގެ ކުންފުންޏަކާ އެވެ.
Ministry of Environment aai Fenaka adhi MWSC ge faraathun miadhu Councillaa bahdhalukurahvaifi. Mi mibahdhaluvumugai Addu ge gulhifeivaa rahthakuge narudhamaage masahkaiy mulhin nimi September mahu khidhumaiy dheveyne kamah ministry in mauloomaathu dhevvevi pic.twitter.com/YXkRGZgpiw
— Addu City Council (@AdduCityCouncil) July 9, 2019
ނަމަވެސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުމަކަށް އައި ހިސާބުން އެ މަޝްރޫއުގެ ވަނީ ފުރިހަމަ ނުކުރެވި، ވަކި ހިސާބަކުން ހުއްޓައިލަން ޖެހިފަ އެވެ. އަދި އޭގެ ފަހުން ސަރުކާރުން ވަނީ ބައި-ވޯޓާގެ އެއްބަސްވުން ވެސް އުވާލައިފަ އެވެ.
އޭގެ ފަހުން އައްޑޫގެ ނަރުދަމާ ނިޒާމުގެ މަޝްރޫއު އަލުން އިފުތިތާހުކޮށް، އޯޕެކް ފަންޑްގެ އެހީގައި މަޝްރޫއު ކުރިއަށް ގެންދަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު އެވެ. އޭރު މަސައްކަތް ފެށީ މިދިޔަ އަހަރު މަޝްރޫއު އެއްކޮށް ނިންމާ ގޮތަށް ތާވަލުކޮށްގެންނެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތެރެއިން ހިތަދޫގެ މަޝްރޫއު ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާ އެވެ.
މީގެ އިތުރުން ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ނަރުދަމާގެ މަސައްކަތްކުރީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ.
ބޮޑު އާބާދީއެއް އޮތް އައްޑު އަށް މި ވަގުތު ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން ނަރުދަމާ ނިޒާމެއް ނެތުމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ.
އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާ ނިންމައި ހަވާލުކޮށްފި
އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާގެ މަސައްކަތް ނިމެނީ
އައްޑޫ މަގުތައް ހަދަން ސާވޭކުރަން ފަށައިފި
ފެން ހިންދާ ނިޒާމުގެ މަސައްކަތް އަވަސްކޮށްދީ: ޝަރީފް
އައްޑޫގެ އިތުރު ތިން ރަށެއްގެ ނަރުދަމާ ނިޒާމް ފަށައިފި
އާރްޓީއެލް ބަސްތައް އައްޑުއަށް ގެންގޮސްފި
އައްޑޫގެ އާބާދީ 35،000 އަށް އަރަނީ
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް