ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކޮށް، ރައްކާތެރި ކަމުގެ މިންގަނޑަށް ފައްތަން ކައުންސިލްތަކަށް ދިން މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރު ކޮށްދީފި އެވެ.
15 އޯގަސްޓް 2024
ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކޮށް، ރައްކާތެރި ކަމުގެ މިންގަނޑަށް ފައްތަން ކައުންސިލްތަކަށް ދިން މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރު ކޮށްދީފި އެވެ.
ފެނަކައިން ބުނެފައި ވަނީ ރަށްރަށުގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަކުން އެނގުނު ގޮތުގައި 144 ރަށެއްގެ މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތެ އެވެ. އެހެންވެ، އެކަން ރަނގަޅު ކުރުމަށް ހަ މަސް ދޭން ނިންމީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.
ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރ.އޭ) އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިސްލާހު ކުރުމަށް ފެނަކައިން ދީފައިވާ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
އުނގޫފާރުގައި 18 އަހަރުގެ އަތީކު ކަރަންޓުގައި ޖެހުނު ސަރަހައްދު -- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް
އެ ގޮތަށް ނިންމީ ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރުމުން ރައީސް އޮފީހުގެ ލަފާގެ މަތިން ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރުކުރުމާ ގުޅިގެން ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކުރަން ޖެހެ އެވެ. މަގު ބައްތިތަކުގައި ރައްކާތެރިކަން ކަށަވަރުކޮށް ރަނގަޅުކުރުމަށް ކައުންސިލްތަކަށް ވަގުތު ބޭނުންވާތީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ އެ މުއްދަތު އިތުރުކޮށްދީފަ އެވެ.
ރަށްރަށުގެ މަގު ބައްތިތައް ސޭޕްޓީ މިންގަނޑާ އެއްގޮތަށް ހުރިތޯ ބަލަން ފެށީ ރ. އުނގޫފާރުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، އެ ފެންގަނޑަށް އެރުނު އުމުރުން 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހިގެން މަރުވުމުންނެވެ.
މަގު ބައްތިތައް މިންގަނޑަށް ފައްތަން ހަ މަސް ދީފި
ކަރަންޓު ކަނޑާލުމުން މާފަރު ކައުންސިލް ހުއްޓުމަކަށް
ތުޅާދޫން ކަރަންޓް ކެނޑި އުނދަގޫތަކާ ކުރިމަތިވެއްޖެ
އައްޑުއަށް 1.8މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންދަނީ
ފޮނަދޫ ފެން ޕްލާންޓު ހަދައި ހިދުމަތް ދޭން ފަށައިފި
ފެން ފްލާންޓު ހަލާކުވެ، ފޮނަދުއަށް ދަތިވެފައި!
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި