ބ. ތުޅާދޫން ރޭން ފެށިގެން ކަރަންޓް ކެނޑުމުގެ ސަބަބުން ރަށުގެ ހުރިހާ ހިދުމަތްތަކެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
03 ސެޕްޓެމްބަރ 2018
ބ. ތުޅާދޫން ރޭން ފެށިގެން ކަރަންޓް ކެނޑުމުގެ ސަބަބުން ރަށުގެ ހުރިހާ ހިދުމަތްތަކެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
އެރަށު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ ރޭ 3:15 އިން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އޭގެ ފަހުން ކަރަންޓު ނުލިބޭތީ ރައްޔިތުންނަށް އެތައް ދައްޗަކާ ކުރިމަތިލާން ޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ަކަރަަންޓް ނެތުމުން ރަށު ސްކޫލުގައި މިއަދު ކިޔެވުމެއް ވެސް ނެތެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ކަރަންޓް ކެނޑިގެން އުޅެނީ އެރަށުގައި ބޭނުން ކުރަމުންދާ އިންޖީނުތައް އޯވަހޯލް ނުކުރެވި ހުރުމުގެ ސަބަބުންނެވެ.
ތުޅާދުއަށް ކަރަންޓު ދެނީ 250 ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރާއި 200 ކިލޯ ވޮޓްގެ ޖަނަރޭޓަރަކުންނެވެ. މީގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ކުރާތީ މުޅި ރަށުން ފަހެއް ނުވަތަ ހަ ގަޑިއިރަށް ކަރަންޓް ކަނޑާލަން ޖެހޭ ކަމަށް ރަޝީދު ވިދާޅުވި އެވެ.
މިހާރު މަސައްކަތް ދާ ގޮތަށް ބައްލަވާފައި ރަޝީދު ވިދާޅުވަނީ މިއަދު ހަވީރު އަލުން ކަރަންޓް ލިބޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުން ފެށިގެން އެ ރަށަށް ދަނީ ކަރަންޓުގެ މައްސަލަ ކުރިމަތިވަމުންނެވެ. ނަމަވެސް މީގެ ކުރިން މިހާ ގިނަ އިރު ކަރަންޓު މެދުކެނޑިފައި ނެތް ކަމަށް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 3،000 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިމިފައިވާ އިރު، ރަޝީދު ވިދާޅުވި ގޮތުގައި، އިތުރު ޖަނަރޭޓެއް ނެތި އެ ހިދުމަތްތައް ފޯރުކޮށްދޭން އުނދަގޫވާނެ އެވެ.
މަގުބައްތި މިންގަނޑަށް ދިން މުއްދަތު އިތުރުކޮށްފި
މަގު ބައްތިތައް މިންގަނޑަށް ފައްތަން ހަ މަސް ދީފި
ކަރަންޓު ކަނޑާލުމުން މާފަރު ކައުންސިލް ހުއްޓުމަކަށް
ފަރެސްމާތޮޑާ އިންޖީނުގޭގެ ދުމާ ހެދި ސްކޫލަށް އުނދަަނގޫ
އައްޑުއަށް 1.8މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންދަނީ
ފޮނަދޫ ފެން ޕްލާންޓު ހަދައި ހިދުމަތް ދޭން ފަށައިފި
ފެން ފްލާންޓު ހަލާކުވެ، ފޮނަދުއަށް ދަތިވެފައި!
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ އާއިމާރާތް ހުޅުވައިފި
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި