ސްޓާ ޕްލަސް އިން ގެނެސްދިން ޓީވީ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގައި ގޯޕީ ބަހޫގެ ރޯލު ކުޅެގެން ބޮޑު މަޝްހޫރުވި ދެވޮލީނާ ބަޓަޗަރުޖީ ބަލިވެއިން ކަން އިއުލާންކޮށްފި އެވެ.
ސްޓާ ޕްލަސް އިން ގެނެސްދިން ޓީވީ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގައި ގޯޕީ ބަހޫގެ ރޯލު ކުޅެގެން ބޮޑު މަޝްހޫރުވި ދެވޮލީނާ ބަޓަޗަރުޖީ ބަލިވެއިން ކަން އިއުލާންކޮށްފި އެވެ.
ދެވޮލީނާ ބަލިވެއިން ވާހަކަ ސޯޝަލް މީޑިއާގެ ދެކެވޭތާ ދުވަސްކޮޅެއް ފަހުން އިއްޔެ އޭނާ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.
ދެވޮލީނާގެ ފިރިމީހާ ޝަނަވާޒް ޝައިޚްއާ އެކު އިންސްޓަގްރާމް ކުރި ފޮޓޯގައި ވަނީ އޭނާގެ "ބޭބީ ޕަމްޕް" ދައްކާލައިފަ އެވެ. އަދި އޭނާގެ އަތުގައި ކުޑަކުއްޖެއްގެ ޓީޝާޓެއް ވެސް އޮތެވެ. އޭގައި ލިޔެފައި ވަނީ "ޔޫ ކޭން ސްޓޮޕް އާސްކިން ނައު" އެވެ.
އޭނާ ބަލިވެއިން ކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ ޖޫން މަހު އެވެ. އެ ސުވާލު ވަރަށް ގިނަ ބަޔަކު ކުރިމަތިކުރުވުމުން އޭރު ދެވޮލީނާ ބުނެފައި ވަނީ އެ ކަހަލަ ޚަބަރެއް އެންމެނާ ހިއްސާކުރަން ބޭނުން ނަމަ ވަގުތު ޖެހުމުން އެކަން ކުރާނެ ކަމަށެވެ. އަދި އެހާތަނަށް އޭނާގެ ޕްރައިވެސީއަށް އިހުތިރާމުކުރަން އޭނާ އެދުނެވެ.
ދެވޮލީނާ އާއި ޝަނަވާޒް ކައިވެނިކުރީ ޑިސެމްބަރު 2022 ގަ އެވެ.
ރަންދީޕަށް ކުއްޖަކު ލިބެނީ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ކެޓްރީނާ ވިހަނީ އަންނަ މަހު: ރިޕޯޓް
ސިޑް އާއި ކިއާރާއަށް އަންހެން ކުއްޖަކު ލިބިއްޖެ
"ކިޔުކީ 2"އާއެކު ތުލްސީ އެނބުރި ސިޓިންރޫމަށް!
"ކިޔުކީ"ގެ އާ ސީޒަން އަންނަ މަހު ތިނެއްގައި
ހީނާ އާއި ރޮކީ ކައިވެނިކޮށްފި
އަތިޔާ އާއި ރާހުލްގެ ދަރިފުޅަށް ކިޔަނީ އިވާރާ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ދޮންދަރިފުޅުގެ ވާހަކަތަކުން ހިތަށް ތަދުވޭ: ރުޕަލީ