Roadha Mihaaru
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް

ކޮކާ ފިޝް: މަސް ގަންނަން ދިއުމުގެ ތަކުލީފު ނިމުމަކަށް، ކޮންމެ ވައްތަރެއް ވެސް ސީދާ ގެއަށް

19 އޯގަސްޓް 2024

މަހަކީ އަހަރެމެންގެ ދުވަހުގެ ކެއިންބުއިމަށް ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވިޔަސް، ބޭނުން ކޮންމެ ވައްތަރެއްގެ މަހެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަމުދުން ކޮލިޓީ ރަނގަޅު، ތާޒާ މަސް ހޯދުމަކީ މާލޭގައި ދިރިއުޅޭ މީހުނަށް ވަކީން އުނދަގޫ ކަމެކެވެ. ކޮކާ ފިޝް އިން ގެނެސްދެނީ މި ކަންކަމަށް "ޓޯޓަލް ސޮލިއުޝަން" އެކެވެ.

މަހަކީ އަހަރެމެންގެ ދުވަހުގެ ކެއިންބުއިމަށް ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވިޔަސް، ބޭނުން ކޮންމެ ވައްތަރެއްގެ މަހެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަމުދުން ކޮލިޓީ ރަނގަޅު، ތާޒާ މަސް ހޯދުމަކީ މާލޭގައި ދިރިއުޅޭ މީހުނަށް ވަކީން އުނދަގޫ ކަމެކެވެ. ކޮކާ ފިޝް އިން ގެނެސްދެނީ މި ކަންކަމަށް "ޓޯޓަލް ސޮލިއުޝަން" އެކެވެ.

ކޮކާ ފިޝް އަކީ ހަމަ އެކަނި ރާއްޖޭގެ ކަނޑުފަޅުން ބާނާ މަހަށް ހާއްސަ ވިޔަފާރިއެކެވެ. މި ވިޔަފާރިއަށް އެތައް އަހަރެއް ވެފައިވާއިރު، ދާދި ފަހުން ގްރޭޓާ މާލޭ ސަރަހައްދަށް ހާއްސަކޮށްގެން ފެށި ހޯމް ޑެލިވަރީ ސާވިސް އަކީ އާންމުންނަށް ވަރަށް ފަސޭހަ، އަދި ތަރުހީބު ބޮޑު ހިދުމަތަކަށް ވަނީ ވެފަ އެވެ.

"މަސް ގަންނަން ދިއުން މި އޮންނަނީ ބޮޑު ތަކުލީފަކަށް ވެފައި. މާލޭގައި މަސް ވިއްކަން ހުންނަ މާރުކޭޓުތަކަށް ގޮސް އެކަން ކުރުމަކީ ވަރަށް ގިނަ ބަޔަކަށް ފަސޭހަ އަދި ބޭނުންވާ ކަމަކަށް ވެސް ނުވޭ. އަމުދުން، ކޮލިޓީ ދެނެގަތުން ފަދަ ކަންކަން ވެސް އެއީ ރިސްކަކަށް އެބަ ވޭ،" ކޮކާ ފިޝްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މަހަކީ ކޮންމެ ދުވަހެއްގެ ކެއުމަށް ވެސް ބޭނުންވާ އެއްޗަކަށް ވާއިރު، ބޭނުންވާ ހުރިހާ ވައްތަރަކުން ކޮލިޓީ ރަނގަޅު މަސް ފަސޭހައިން ލިބުމަކީ މާލެ ސަރަހައްދަށް ވަރަށް ބޭނުންވެފައި އޮތް ކަމެއް."

އޭނާ ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅުން ބާނާ ހުރިހާ ވައްތަރެއްގެ މަސް ކޮކާ ފިޝް އިން ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ކަނޑުމަހުގެ ބާވަތްތަކާއި ފަރު މަހުގެ ބާވަތްތަކާއި ވަޅޯމަސް ވެސް ހިމެނެ އެވެ.

"ކަނޑުމަހުގެ ވެސް ހުރިހާ ވައްތަރެއް ހުންނާނެ. އަދި ފަރުމަހުގެ ވެސް ހުރިހާ ވައްތަރެއް ހުންނާނެ. މި ހުރިހާ ވައްތަރެއް ވެސް އަޅުގަނޑުމެން މި ގަންނަނީ ސީދާ މަސްވެރިން އަތުން. އެއީ އެ މަސްވެރިން ރާއްޖޭގެ ކަނޑުފަޅުން ބާނާމަސް. ރާއްޖޭގެ އެތައް ރަށަކުން ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެންނަށް ތާޒާ ސަޕްލައި އަންނަމުން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކޮކާ ފިޝް އިން އެންމެ އިސްކަން ދޭ އެއްކަމަކީ ކޮލިޓީ ހިފެހެއްޓުމާ އެކު، ކަސްޓަމަރުން ބޭނުންވާ ވައްތަރުތައް ހުސްވިޔަ ނުދީ ބެހެއްޓުމެވެ. މި ވައްތަރުތައް ހުންނަނީ ރަނގަޅު ފެންވަރަށް ޕެކް ކޮށްފަ އެވެ. ގިނަ ވައްތަރުތައް ހުންނަނީ ވެކިއުމް ކޮށްފަ އެވެ. ކޮކާ ފިޝްގެ ބައެއް އުފެއްދުން ތަކަކަކީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުންތަކެވެ.

ކޮކާ ފިޝްގެ ބައެއް އުފެއްދުންތައް:

ކަނޑުމަސް ލޮއިންސް

ކަނޑުމަސް ގަރުދިޔަ ކަޓް

ކަންނެލި ލޮއިންސް ކަންނެލި ގަރުދިޔަ ކަޓް

ބޮޑު ކަންނެލި ބްލޮކް

ބޮޑު ކަންނެލި ސްޓޭކް ކަޓް

ބޮޑު ކަންނެލި ބަނޑައިދޫ

ބޮޑު ކަންނެލި ދޮންބިސް

ކަރުދިޔަ ޕެކް (ބޯ، ބިސް، މޭ، ބަނޑައިދޫ، ލަގޮނޑި ހިމޭ)

އެކި ވައްތަރު މަހުގެ ފިލެޓް

ފާނަ ކަރީ ކަޓް

ކުރުމަސް ކަރީކަޓް/ކުރުމަސް ސްޓޭކް ކަޓް

ރަތް މަސް ކަރީކަޓް

ހަނދި ކަރީކަޓް

ފިލޮޅު ކަރީކަޓް

ގިއުޅު ކަރީކަޓްބޯވަ ކަރީކަޓް

މުށިމަސް ޕެކް

ރެހި ޕެކް

ބޯވަ ބަނޑު ޕެކް

ރަތްމަހު ބޯ

ހުރިހާ ވައްތަރެއްގެ ބާބަކިއު ސައިޒް ފަރުމަސް (ހުޅުނބު ޖަހައި ބަނޑު ސާފުކޮށްފައި)

ލައިފްސްޓައިލާ ގުޅިފައިވާ ސިއްހީ މައްސަލަތައް ގިނަވެފައިވާއިރު، ދުވަހުގެ ކެއުމުގެ ތެރޭގައި ބޭނުންކުރާ މަހަކީ ސިއްހީ ގޮތުން ފައިދާ ހުރި، ކޮލިޓީ އެއްޗަކަށް ހެދުމަކީ ކޮކާ ފިޝްގެ އެއް އަމާޒެވެ. ވަކިން ހާއްސަކޮށް ފަރުމަހަކީ ސިއްހީ ގޮތުން ފައިދާ ބޮޑު އެއްޗަކަށް ވާއިރު، މާލޭ ސަރަހައްދަށް ޑެލިވަރީ ފެށުމުން ގަވައިދުން ފަރުމަސް ބޭނުންކުރާ މީހުން ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ކޮކާ ފިޝްގެ އޮފިޝަލު ވިދާޅުވި އެވެ. ހާއްސަކޮށް، ގިއުޅު، ފާނަ، ފިލޮޅު ފަދަ ލޭ މަދު މަހުގެ ބާވަތްތައް ގަވައިދުން ބޭނުންވާ މީހުން ގިނަކަން ފާހަގަވެފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.

"ސިއްހީ ރަނގަޅު އާދަތައް ކެއިންބުއިމުގެ ތެރޭގައި ހިމެނުމަކީ ދިވެހީން މިހާރު ވަރަށް އިސްކަން ދޭ ކަމެއް. މަހަކީ ކޮންމެ ދުވަހެއްގެ ކެއުމަށް ވެސް ބޭނުންވާ އެއްޗެއް. ފަރުމަހުގެ ބާވަތްތައް ބޭނުންވާ މީހުން ވެސް ވަރަށް ގިނަކަން އަޅުގަނޑުމެނަށް ފާހަގަވެއްޖެ. ކުރިން މިވާ ގޮތަކީ މި ފަދަ އުފެއްދުންތައް އެއްތާކުން ހޯދުމަކީ ފަސޭހަ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

"އަމުދުން މާރުކޭޓު ފަދަ ތަންތަނަށް ގޮސްގެން ގަނެގެން ކަނޑުވައިގެން ކޮތަޅަށް އަޅައިގެން އުފުލުން ވެފައި މި އޮންނަނީ ރަނގަޅު ކެއިންބުއިމާ ދުރަށް ދެވޭ ސަބަބަކަށް. އަޅުގަނޑުމެންގެ މި ހިދުމަތާ އެކު މަހުގެ ހުރިހާ ވައްތަރެއް ވެސް ސީދާ ގެއަށް ލިބޭނެ. ކަސްޓަމަރަށް އޮންނާނީ ކެއްކުމާއި ކެއުން."

ލައިފްސްޓައިލާ ގުޅިފައިވާ ސިއްހީ މައްސަލަތައް ގިނަވެފައިވާއިރު، ދުވަހުގެ ކެއުމުގެ ތެރޭގައި ބޭނުންކުރާ މަހަކީ ސިއްހީ ގޮތުން ފައިދާ ހުރި، ކޮލިޓީ އެއްޗަކަށް ހެދުމަކީ ކޮކާ ފިޝްގެ އެއް އަމާޒެވެ. ވަކިން ހާއްސަކޮށް ފަރުމަހަކީ ސިއްހީ ގޮތުން ފައިދާ ބޮޑު އެއްޗަކަށް ވާއިރު، މާލެ ސަރަހައްދަށް ޑެލިވަރީ ފެށުމުން، ގަވައިދުން ފަރުމަސް ބޭނުންކުރާ މީހުން ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ކޮކާ ފިޝްގެ އޮފިޝަލު ވިދާޅުވި އެވެ. ހާއްސަކޮށް، ގިއުޅު، ފާނަ، ފިލޮޅު ފަދަ ލޭ މަދު މަހުގެ ބާވަތްތައް ގަވައިދުން ބޭނުންވާ މީހުން ގިނަކަން ފާހަގަވެފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.

"ސިއްހީ ރަނގަޅު އާދަތައް ކެއިންބުއިމުގެ ތެރޭގައި ހިމެނުމަކީ ދިވެހިން މިހާރު ވަރަށް އިސްކަން ދޭ ކަމެއް. މަހަކީ ކޮންމެ ދުވަހެއްގެ ކެއުމަށް ވެސް ބޭނުންވާ އެއްޗެއް. ފަރުމަހުގެ ބާވަތްތައް ބޭނުންވާ މީހުން ވެސް ވަރަށް ގިނަކަން އަޅުގަނޑުމެންނަށް ފާހަގަވެއްޖެ. ކުރިން މިވާ ގޮތަކީ މި ފަދަ އުފެއްދުންތައް އެއްތާކުން ހޯދުމަކީ ފަސޭހަ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

"އަމުދުން މާރުކޭޓު ފަދަ ތަންތަނަށް ގޮސްގެން ގަނެގެން ކަނޑުވައިގެން ކޮތަޅަށް އަޅައިގެން އުފުލުން ވެފައި މި އޮންނަނީ ރަނގަޅު ކެއިންބުއިމާ ދުރަށް ދެވޭ ސަބަބަކަށް. އަޅުގަނޑުމެންގެ މި ހިދުމަތާ އެކު މަހުގެ ހުރިހާ ވައްތަރެއް ވެސް ސީދާ ގެއަށް ލިބޭނެ. ކަސްޓަމަރަށް އޮންނާނީ ކެއްކުމާއި ކެއުން."

ކޮކާ ފިޝް އިން މި ފަހަކަށް އައިސް ވަނީ، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ތަފާތު ގިނަ އުފެއްދުންތަކެއް ތައާރަފު ކޮށްފަ އެވެ. މާލޭގެ ގޭގޭގައި ޖާގައިގެ ދަތިކަން ހުންނަ ގޮތުން، މަސް ކެނޑުން އަދި ކޮށުން ފަދަ ކަންކަންވެސް އުނދަގޫ ވެފައިވާތީ، އެ ކަމަށް ވެސް ވަނީ ހައްލު ގެނެސްދީފަ އެވެ. ކަސްޓަމަރު ބޭނުންވާ ކޮންމެ ގޮތަކަށް ލިބޭނެ އެވެ. ސާފުކޮށްފައި ހުރި ކަނޑުމަސް އަދި ފަރުމަސް ހުރި ގޮތަށް ނުވަތަ ޅިޔަ އަޅާފައި ވެސް ލިބޭނެ އެވެ. ކޮށާފައި ހުންނަ "ކަރީކަޓް" ވެސް ލިބޭނެ އެވެ.

ކޮކާ ފިޝް އިން ވަނީ ކޮލިޓީ ރަނގަޅު ކަނޑުމަހާއި ފަރުމަސް ބޭނުންވާ މީހުނަށް އެކަމުގެ "ޓޯޓަލް ސޮލިއުޝަން" އެއް ހޯދައިދީފަ އެވެ. މަހުގެ އެއްވެސް ވައްތަރެއް ހޯދަން މިހާރު ތަކުލީފެއް އުފުލާކަށް ނުޖެހޭނެ އެވެ. ކޮކާ ފިޝްގެ އިންސްޓަގްރާމް ނުވަތަ ފޭސްބުކް ޕޭޖުން އުފެއްދުންތަކާއި ޕްރޮމޯޝަންތައް އަބަދުވެސް ފެންނާން ހުންނާނެ އެވެ.

އޮންލައިންކޮށް އޯޑަރުކޮށް ފައިސާ ދެއްކޭނެ އެވެ. މާ ގިނަ އިރުތަކެއް ނުވެ، ތި ބޭނުންވި މަސްކޮޅު ސީދާ ގެ އަށް ލިބޭނެ އެވެ. ކޮކާ ފިޝްގެ ހޮޓްލައިނަކީ 7374624 އެވެ. ވައިބާއިން މުއާމަލާތް ކުރެވޭނެ އެވެ.