Roadha Mihaaru
އިލެކްޓްރިފައި މޯލްޑިވްސް އަހަރީ ދުވަސް ކުލަގަދަކޮށް!

އިލެކްޓްރިފައި މޯލްޑިވްސްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

21 މެއި 2024

ދުނިޔޭގެ މަޝްހޫރު އިންޖީނު ބްރޭންޑް އެމެރިކާގެ "ކަމިންސް" އިންޖީނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރު އިލެކްޓްރިފައި މޯލްޑިވްސް އިން ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ހިދުމަތް ދޭތާ ފަސް އަހަރު ފުރުން ފާހަގަކޮށްފި އެވެ.

ދުނިޔޭގެ މަޝްހޫރު އިންޖީނު ބްރޭންޑް އެމެރިކާގެ "ކަމިންސް" އިންޖީނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރު އިލެކްޓްރިފައި މޯލްޑިވްސް އިން ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ހިދުމަތް ދޭތާ ފަސް އަހަރު ފުރުން ފާހަގަކޮށްފި އެވެ.

އިލެކްޓްރިފައި މޯލްޑިވްސް ގައި 60 އަށް ވުރެ ގިނަ މުވައްޒަފުންގެ މަސައްކަތް ކުރެ އެވެ. އެ ކުންފުނިން އެންމެ ބޮޑަށް އިސްކަން ދެނީ ޒަމާނީ ފެންވަރުގެ ޕަވަ ސޮލިއުޝަންތައް ރާއްޖެއަށް ގެނައުމަށެވެ.

ކޮލިޓީ ރަނގަޅު ސާމާނު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެ ކުންފުނިން މިހާރު ވެސް ރާއްޖޭގެ 115 ރިސޯޓަށް ހިދުމަތް ދެ އެވެ. އޭގެ ތެރެއިން 70 އަށް ވުރެ ގިނަ ރިސޯޓަކީ، އިންޖީނާ ގުޅޭ ކަންކަމުގައި ދިގު މުއްދަތަކަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ރިސޯޓެވެ.

އިލެކްޓްރިފައި މޯލްޑިވްސްގެ ޑިރެކްޓަރު އަޖްފާނު އަހުމަދު ވިދާޅުވީ، ރިސޯޓުތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެމުން އަންނަ އިރު ކުރިއަށް އޮތްތަނުގައި ވެސް އެ ގޮތުގައި މަސައްކަތް ކުރުމުގައި އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

އެ ކުންފުނިން އަންނަނީ ކަމިންސް ބްރޭންޑްގެ ޖަނެރޭޓަރާއި އިންޖީނާއި ބޭނުންވާ ސްޕެއާ ޕާޓުތައް ވެސް ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ފޯރުކޮށްދޭ ކޮލިޓީ އަދި އިތުރުބާރު ހުރި ހިދުމަތްތަކުގެ ސަބަބުން، އިލެކްޓްރިފައި ވެފައި ވަނީ ހަކަތައިގެ ދާއިރާގައި އެންމެ ގިނަ ބަޔަކު އިހްތިޔާރު ކުރާ ކުންފުންޏަށެވެ.

އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަންކަން ހަމަޖެއްސުމަށެވެ. އެގޮތުން ފަންނީ އެހީތެރިކަން ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެ އެވެ. އިންޖީނުގެ މަރާމާތާއި މެއިންޓަނެންސް ހިދުމަތުގެ އިތުރުން އިންޖީނު އިންސްޓޯލު ކޮށްދިނުމުގެ ހިދުމަތް ވެސް އެ ކުންފުނިން ދެ އެވެ.

އިލެކްޓްރިފައި މޯލްޑިވްސްގައި މަސައްކަތް ކުރަނީ ކަމިންސް ސަޓިފައިޑް ޓެކްނީޝަނުންނެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ ތެލާއި އިންޖެކްޓާ ޕަމްޕްގެ ސަބަބުން، އިންޖީނު ދިގު މުއްދަތަށް ބޭނުން ކުރެވޭނެ އެވެ.

އެކުންފުންޏަކީ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރަށްވުމުން ގަންނަ އިންޖީނާއި ޖަނަރޭޓަރަށް ވޮރެންޓީ ލިބޭނެ އެވެ.

އެލެކްޓްރިފައި މޯލްޑިވްސ ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކާސުން އަބޭރަތުނޭ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުތެރޭ ހާސިލުކުރެވުނު ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހަކަތައިގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. މި މުއްދަތުގައި ކަސްޓަމަރުންނާ އެކު އިތުބާރު ހިފޭ ޕާޓްނާޝިޕްތަކެއް ވެސް އުފައްދައިފިން. މުސްތަގުބަލަށް ބަލާއިރު، ރާއްޖޭގެ ކުރިއެރުމަށް ބާރުދޭ އީޖާތީ ހައްލުތަކެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނަން،" އޭނާ ވިދާޅުވި އެވެ.

ނޯޓު: މިއީ އިލެކްޓްރިފައި މޯލްޑިވްސްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.