Roadha Mihaaru
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް

ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިން އަދި ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތު ވެސް

20 އޯގަސްޓް 2024

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި، ކޮވިޑްގެ ދުވަސްވަރު އެ ހޮސްޕިޓަލްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރެއްވި ޑރ. އަލީ ލަތީފުގެ މައްޗަށް ނާޖާއިޒު މަންފާ ހޯދުމުގެ އިތުރުން މަނީ ލޯންޑަރިން އާއި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ވެސް އޭސީސީން ކޮށްފި އެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި، ކޮވިޑްގެ ދުވަސްވަރު އެ ހޮސްޕިޓަލްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރެއްވި ޑރ. އަލީ ލަތީފުގެ މައްޗަށް ނާޖާއިޒު މަންފާ ހޯދުމުގެ އިތުރުން މަނީ ލޯންޑަރިން އާއި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ވެސް އޭސީސީން ކޮށްފި އެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" ޑރ. އަލީ ލަތީފުގެ އަމިއްލަ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމަށް ދޫކުރި މައްސަލާގައި އޭނާގެ އިތުރުން އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަަބަންދޭ) އާއި ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހްސިންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން މިއަދު ވަނީ ބުނެފަ އެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް ހުށަހެޅީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް އޭސީސީން ބުންޏެވެ.

އެ ތުހުމަތުގެ އިތުރުން، މައްސަލައިގެ ތަހުގީގަށް އެތެރެހަށީގެ ހާއްސަ ޑރ. އަލީ ލަތީފު އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭގެއިތުރުން، އޭސީސީން ބުނި ގޮތުގައި، ޑރ. އަލީ ލަތީފު މީރާ އަށް ހުށަހަޅާފައިވާ ޓެކުހާ ގުޅޭ ލިޔެކިޔުންތަކުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ވެސް އެ އިދާރާގައި ވަނީ އެދިފަ އެވެ.

އޭސީސީން ބުނީ މި މައްސަލައިގައި، ޑރ. އަލީ ލަތީފާއި ޑރ. މިލްޒާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅެއް އަޅަން ޖެހޭ ނަމަ އެކަން ހިއްސާ ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

ކޮވިޑްގެ ވަބާގެ އެންމެ ނާޒުކު ދުވަސްވަރު ވެސް ޑރ. އަލީ ލަތީފު އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ކުރަމުން ގެންދެވި ކަމުގެ ޝަކުވާ އެތައް ބަޔަކު ދިޔައީ ކުރަމުންނެެވެ. އޭގެ ތެރޭގައި އޭނާގެ މަސްލަހަތު އޮންނަ ކްލިނިކުން ޕީސީއާރު ޓެސްޓު ހެދުމުގެ ހުއްދަ ދިނުން ފަދަ ކަންކަން ހިމެނެ އެވެ.