Roadha Mihaaru
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ

ޕީސީއާރު ޓެސްޓުގެ މައްސާލަގައި ކުޑަބަންދޭ އާއި ޑރ. އަލީ ލަތީފަށް ދައުވާ ކުރަން އެދިއްޖެ

20 އޯގަސްޓް 2024

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އެ ހޮސްޕިޓަލްގެ އޭރުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަަބަންދޭ) އާއި ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފާއި އެހެން އިސްވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އެ ހޮސްޕިޓަލްގެ އޭރުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަަބަންދޭ) އާއި ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފާއި އެހެން އިސްވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތެއް ކަމަށްވާ އާރުއެމްއެލްއެސް ލެބް ސާވިސަސް އަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލަ އަށް ނާޖާއިޒު މަންފާ ހޯދައި ދިނުމަށް ދޫކުރި މައްސަލާގައި ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ އިތުރުން އެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހުސިންގެ މައްޗަށް ވެސް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.

އެތެރެހަށީގެ ޑރ. އަލީ ލަތީފަކީ ކޮވިޑުގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާގެ އިތުރުން މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކޮވިޑާ ގުޅިގެން އޭރު ޓެކްނިކަލް ގޮތުން އެޅި ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ އެވެ.

ކުޑަބަންދޭ އާއި ޑރ. އަލީ ލަތީފާއި ޑރ. މިލްޒާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހެޅީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، މައްސަލައިގެ ތަހުގީގަށް ޑރ. އަލީ ލަތީފު އަދި އޭނާގެ މަސްލަޙަތު އޮންނަ އާރުއެމްއެލްއެސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ވަނީ ފޮނުވައިފަ އެވެ.

ޑރ. އަލީ ލަތީފު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅާފައިވާ ޓެކުހާ ގުޅޭ ލިޔެކިޔުންތަކުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ އިދާރާގައި ވެސް އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ މި މައްސަލައިގައި، ޑރ. އަލީ ލަތީފާއި ޑރ. މިލްޒާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެކަން ހިއްސާ ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.