24 އޯގަސްޓް 2024
ތ. ދިޔަމިގިލީ ކައުންސިލް އިދާރާގެ ތިޖޫރިން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ތ. ދިޔަމިގިލީ ކައުންސިލް އިދާރާގެ ތިޖޫރިން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ ހަފުތާގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ދިޔަމިގިލީ ކައުންސިލް އިދާރާގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ކައުންސިލްގެ އިދާރާގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން 605،438 ރުފިޔާ ގެއްލިފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ކައުންސިލުގެ އިދާރާގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާ ހުރިތޯ ބެލުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކައުންސިލްގެ އިދާރާގެ ތިޖޫރި ބެލިއިރު އެ މުއްދަތާ ހަމައަށް ހުންނަން ޖެހޭ ފައިސާ ނެތް ކަމަށެވެ.
ތިޖޫރީގައި 2020 ވަނަ އަހަރު ފެށުނުއިރު ހުރި 468،004ރ. އާއި ކައުންސިލަށް ނަގުދު ފައިސާގެ ގޮތުގައި ބަލައިގެންފައިވާ 397،052ރ. އާއި ބޭންކް އެކައުންޓުތަކުން ނަގާފައިވާ 1.9 މިލިއަން ރުފިޔާގެ ނަގުދު ފައިސާއާއެކު ޖުމްލަ 2.8 މިލިއަން ރުފިޔާ ކައުންސިލުގެ އިދާރާގައި ބަހައްޓައިގެން ރޯލްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން 455،174ރ. ބޭންކް އެކައުންޓަށް އަނބުރާ ޖަމާ ކުރުމަށްފަހު އާއި ނަގުދު ފައިސާ އިން 1.7 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެ އެ ރިޕޯޓުގައިވެ އެވެ. އަދި އެ ބައި އުނިކުރުމުން އޮކްޓޫބަރު މަހުގެ ނިޔަލަށް ތިޖޫރީގައި ހުންނަންޖެހޭ 605،438ރ. ނެތް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
"ނަމަވެސް ކައުންސިލުގެ އިދާރާގެ ތިޖޫރީގައި ހުންނަން ފައިސާ ހަމައަށް ހުރިތޯ ބެލުމަށް 18 އޮކްޓޫބަރު 2023 ގައި ތިޖޫރި ޗެކްކުރިއިރު އެ ތާރީހުގައި ކައުންސިލު އިދާރާގެ ތިޖޫރީގައި ހުންނަން ޖެހޭ އެއްވެސް ފައިސާއެއް ބަހައްޓާފައިނުވާކަން ފާހަގަ ކުރެވެ އެވެ،" އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކައުންސިލުން ހަރަދުކުރި ކަމަށް ބެލެވޭ 1.7 މިލިއަން ރުފިޔާގެ ތެރެއިން ވެސް ކައުންސިލްގެ ބޭނުމަށް ހަރަދުކުރިކަން ކަށަވަރުކުރެވިފައި ވަނީ 1.4 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ކައުންސިލުގެ ހަރަދުކުރި ކަން ޔަގީންކުރެވެނީ ޕޭމަންޓް ވައުޗަރާއި އިތުރު ލިޔެކިޔުންތަކުންނެވެ.
ބާކީ ހުރި ތިން ލައްކައެއްހާ ރުފިޔާގެ ހަރަދާ ގުޅޭ ބައެއް މައުލޫމާތު ކައުންސިލް އިދާރާ އިން ވަކިން ބަލަހައްޓަމުންދިޔަ ރަޖިސްޓަރީއެއްގައި ހިމަނާފައި ވިޔަސް، އެ ހަރަދުތަކާ ގުޅޭ އެހެން ލިޔެކިޔުމެއް ނެތް ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.
އެހެންވެ، ކައުންސިލްގެ އާމްދަނީ ފައިސާ އާއި އެކައުންޓުތަކުން ނަގާފައިވާ ފައިސާގެ ތެރެއިން މަދުވާ ކަމަށް ބެލެވޭތީ ވަނީ އެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުމަށް އަންގައިފަ އެވެ. އަދި ފައިސާގެ ހަރަދުތަކާއި ލިޔުންތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާތީ އާއި އެ ހަރަދަކީ ކައުންސިލް އިދާރާގެ ބޭނުމަށް ކޮށްފައިވާ ހަރަދުތަކެއްކަން ކަށަވަރު ނުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކަށް ވެސް ފިޔަވަޅު އެޅުމަށް އަންގާފައިވެ އެވެ.
މީގެ އިތުރުން ވެސް ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ހަރުމުދާ ބެލެހެއްޓުމާ ބެހޭ ބައެއް މައްސަލަތައް ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.
މާލެ އަތޮޅު ކައުންސިލްގެ ފައިިސާގެ ބޮޑެތި މައްސަލަތަކެއް
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
އޮޑިޓަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގުކުރަނީ
ފޭކް ސްޓޭޓްމަންޓް ފޮނުވުމުގެ ފަހަތުގައި ދެމަފިރިން!
ފައިސާ ނުދައްކާ މީހުންގެ އާއިލާތަކަށް ހިދުމަތް ނުލިބޭނެ
ކައުންސިލްތަކުގެ ފައިސާއަށް ފަރުވާކުޑަކުރުން އިންތިހާއަށް
ބްރޯޑްކޮމުން ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް
ކައުންސިލްތަކުން އާންމުންނަށް އެހީ ދެނީ ގާނޫނާ ޚިލާފަށް
ޖެނުއަރީ 6ގެ ކުރިން އިންތިޚާބު ބާއްވަން ގާނޫނެއް