Roadha Mihaaru
ޗާޖިން ސްޓޭޝަންގެ ހިދުމަތް ސްޓެލްކޯ އިން ފަށަނީ

އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރާ ސްޓޭޝަނެއް ސްޓެލްކޯ އިން ގާއިމްކުރަނީ

25 އޯގަސްޓް 2024

އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވޭ ގޮތަށް ޗާޖިން ސްޓޭޝަނެއް ގާއިމްކޮށް، ހިދުމަތް ދޭން ފަށަން ސްޓެލްކޯ އިން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވޭ ގޮތަށް ޗާޖިން ސްޓޭޝަނެއް ގާއިމްކޮށް، ހިދުމަތް ދޭން ފަށަން ސްޓެލްކޯ އިން ނިންމައިފި އެވެ.

އެ ސްޓޭޝަން ގާއިމް ކުރަނީ ސްޓެލްކޯގެ ހެޑް އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވީ، ޗާޖިން ސްޓޭޝަންގެ މަސައްކަތް ނިންމައި، ހިދުމަތް ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން "ކާބަން ފުޓް ޕްރިންޓް" ކުޑަކުރުމަށާއި އިލެކްޓްރިކް އުޅަނދުތައް ގެންގުޅެން ބޭނުންވާ މީހުންނަށާއި މިހާރު ވެސް ގެންގުޅޭ މީހުންނަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ގާއިމުކުރާ ސްޓޭޝަންތަކެއް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ޗާޖިންގް ސްޓޭޝަނެއްގެ ހިދުމަތް ފެށުމަށް ކުރަހާފައިވާ މޮޑެލްތައް.-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ޗާޖިންގް ސްޓޭޝަނެއްގެ ހިދުމަތް ފެށުމަށް ކުރަހާފައިވާ މޮޑެލްތައް.-- ފޮޓޯ: ސްޓެލްކޯ

"މި ޗާޖިން ސްޓޭޝަންގެ މަސައްކަތްތައް މިހާރު ވެސް ކުރެވެމުންދާއިރު، ވަރަށް އަވަސް މުސްތަގުބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފުރޮޅުލީ އުޅަނދުތައް ވެސް ޗާޖްކުރެވޭ ގޮތަށް ހަދާ މި ސްޓޭޝަންގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ލިބިފައިވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ، ޗާޖިން ސްޓޭޝަން ގާއިމުކުރަނީ އެންމެ ގިނަ ޕަބްލިކް ޗާޖިން ސްޓޭޝަންތައް ގެންގުޅޭ ގައުމު ކަމަށްވާ ދެކުނު ކޮރެއާގައި ހުންނަ މޮޑެލްއަށް ކަމަށެވެ. އެ މޮޑެލްއާ އެކު، ކޮންމެ ތިން ކާރަކަށް ޗާޖިން ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ޗާޖިންގް ސްޓޭޝަނެއްގެ ހިދުމަތް ފެށުމަށް ކުރަހާފައިވާ މޮޑެލްތައް.-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ޗާޖިންގް ސްޓޭޝަނެއްގެ ހިދުމަތް ފެށުމަށް ކުރަހާފައިވާ މޮޑެލްތައް.-- ފޮޓޯ: ސްޓެލްކޯ

ރައީސް މުއިއްޒު މޭޔަރު ކަމުގައި ވެސް އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭ ސްޓޭޝަންތަކެއް ހެދުމަށް ނިންމައި މާލެ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޓީން އެކަމާ ގުޅޭ ދިރާސާތަކާއި ޕްލޭންތަކެއް ވެސް ހެދި އެވެ.