Roadha Mihaaru
އީއޭއެފްސީ މިނީ ސީރީޒް ޓޯނަމަންޓު މާދަމާ ފަށަނީ

ދިރާގު ގޭމާޒް ގިލްޑުގެ އީއޭއެފްސީ މިނީ ސީރީޒް ޓޯނަމަންޓު މާދަމާ ފަށަނީ

29 އޯގަސްޓް 2024

ދިރާގު ގޭމާސް ގިލްޑު (ޑީޖީޖީ)އިން ބާއްވާ އީއޭއެފްސީ މިނި ސީރީޒް 2ގެ ޓޯނަމަންޓު މާދަމާ ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގު ގޭމާސް ގިލްޑު (ޑީޖީޖީ)އިން ބާއްވާ އީއޭއެފްސީ މިނި ސީރީޒް 2ގެ ޓޯނަމަންޓު މާދަމާ ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހު އޮންނަ މި ޓޯނަމަންޓުގައި ބައިވެރިވުމުގެ ފުރުސަތު ޑީޖީޖީގެ ވެބްސައިޓުގައި މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިއީ ލިމިޓެޑް ސްލޮޓްތަކާ އެކު ހުޅުވާލާފައިވާ ފުރުސަތަކަށްވުމުން މި ފުރުސަތުގެ ބޭނުން ވީހާވެސް އަވަހަށް ހިފައި، ޓޯނަމަންޓަށް ރެޖިސްޓްރީ ކުރުމަށް ދިރާގުން އެދެ އެވެ.

Home | DGG by Dhiraagu

Home | DGG by Dhiraagu

Home Page of DGG by Dhiraagu

Dhiraagu Gamers Guild

މި ލިންކުން ރެޖިސްޓާ ކުރެވޭނެ.

މި ޓޯނަމަންޓުގެ ޗެމްޕިއަން ޓީމަކަށް ހުށަހަޅާފައި ވަނީ 6،000 ރުފިޔާ އެވެ. ރަނާއަޕްއަށް ހުށަހަޅާފައި ވަނީ 4500ރ. އެވެ. އަދި ތިން ވަނަ އަށް 3000ރ. ހުށަހަޅާފައިވާ އިރު ހަތަރު ވަނަ އަށް ހުށަހަޅާފައި ވަނީ 1500ރ. އެވެ.

ދިރާގު ގޭމާސް ގިލްޑުން ބާއްވާ ހުރިހާ ޓޯނަމަންޓުތަކުގެ މައުލޫމާތުތައް ޑީޖީޖީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. ޑީޖީޖީގެ ވެބްސައިޓުގައި ރަޖިސްޓްރީވާ ގޭމަރުންނަށް ދިރާގުގެ އެކްސްކްލޫސިވް އޮފާތައް ވެސް ލިބެ އެވެ. އޭގެ ތެރޭގައި ހާއްސަ އަގުތަކުގައި 15 ދުވަހަށް އަދި 30 ދުވަހަށް ބޭނުން ކުރެވޭ 100ޖީބީ އާއި 200ޖީބީގެ ޑޭޓާ ބޫސްޓާތައް ހުރެ އެވެ. މި އޮފާތަކަކީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަނެކްޝަންތަކަށް ވެސް ބޭނުން ކުރެވޭނެ އޮފާތަކެވެ.

ޑީޖީޖީ އަކީ ދިރާގުން ޒުވާނުން ބާރުވެރިކުރުވުމަށް ދޭ އަހައްމިއްޔަތުގެ ދަށުން، ރާއްޖޭގައި ޒުވާން ގޭމަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ގާއިމުކުރި ޕްލެޓްފޯމެކެވެ.