Roadha Mihaaru
"އަނިޔާއިން އެއްކިބާވެފައިވާ މާހައުލެއް ހޯދައިދޭނަން"

އަނިޔާއިން އެއްކިބާވެފައިވާ މާހައުލެއް ކުދިންނަށް ކަށަވަރު ކޮށްދޭނަން: ފަސްޓް ލޭޑީ

03 ސެޕްޓެމްބަރ 2024

ކުދިން ހެދިބޮޑުވާއިރު އަނިޔާ އިން އެއްކިބާވެފައިވާ މާހައުލެއް އެ ކުދިންނަށް ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުދިން ހެދިބޮޑުވާއިރު އަނިޔާ އިން އެއްކިބާވެފައިވާ މާހައުލެއް އެ ކުދިންނަށް ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ޖަލްސާގައި އެ ކަމަނާ ވިދާޅުވީ، ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ގައުމީ ފްލޭން އިފްތިތާހު ކުރީ އެ ބޭނުމުގައި ކަމަށެވެ.

ކޮންމެ ކުޑަކުއްޖަކީ އަނިޔާ އިން ސަލާމަތް ވެފައިވާ ކުއްޖަކަށް ހެދުމާ އެކު ރައްކާތެރި، އަމާން ވެއްޓެއްގައި ހެދިބޮޑުވާ ކުއްޖަކަށް ހެދުމަށް އެކްޝަން ޕްލޭނުގައި ހިމެނޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ކުޑަކުދިންނަކީ މުޖުތަމައުގެ ހިތުގެ ވިންދު ކަމަށް ވިޔަސް އެއީ އެންމެ ފަސޭހައިން އަނިޔާ އަށް ހުށަހެޅިފައިވާ ކުދިން ކަމަށެވެ. އެހެންވެ، އެ ކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މުޖުތަމައުގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ [ކޮންމެ ކުއްޖަކަށް އާއިލާއެއް] މި ޝިއާރުން ދައްކުވައި ދެނީ އަޅުގަނޑުމެން ކޮންމެ ކުއްޖަކަށް އޯގާތެރިކަމާއި އަޅާލުން ދޭނެ އާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރާ މަސައްކަތް،" ހޮޓެލް ޖެންގައި ބޭއްވި އެ ޖަލްސާގައި ސާޖިދާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް މެނިފެސްޓޯގައި ހިމަނާފައި ވިޔަސް އެ ވަރަކުން އަދި ނުފުދެ އެވެ. އެކަން ހާސިލުކުުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ކުދިންނަށް ކުރާ އަނިޔާ އަށް އަވަސް ފިޔަވަޅުތަކެއް އެޅެން ޖެހޭ. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭނާ އެކު އަޅުގަނޑުމެން މިއަދު މި އަޅަނީ މިކަން ހުއްޓުވަން ފިޔަވަޅެއް. މި ޕްލޭންގައި ޕޮލިސީއަކަށް ވުރެ ބޮޑަށް، މަގު ޗާޓެއް އެކުލެވޭ އަދި މިފަދަ ކަންކަމަށް އެޓެންޑު ވާނެ ގޮތާއި އެ ކުދިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ގޮތް ހިމެނިފައިވޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނީ އެންމެން ގުޅިގެން ކަމަށާއި އެކަމަށް ހޭލުންތެރިކުރުމަށް ވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. އަނިޔާ ލިބިފައިވާ ކުދިންނަށް ބޭނުންވަނީ ހަމައެކަނި ރައްކާތެރިކަން ނޫން ކަމަށާއި ނަފްސާނީ އުނދަގޫތަކުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.