ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް"ގައި ކުޑަކުއްޖަކަށް އަނިޔާކުރި ދެ ތެރަޕިސްޓުން ރޭ ހައްޔަރުކޮށްފި އެވެ.
12 މެއި 2025
ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް"ގައި ކުޑަކުއްޖަކަށް އަނިޔާކުރި ދެ ތެރަޕިސްޓުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ ފަސްވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ ކްލިނިކަލަށް ތެރެޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އިންޑިއާގެ ދެ އަންހެނުން ކަމަށްވާ ރަޖޭޝްވަރީ ސިވާކުމާރް، 24 އާއި އީޝާ އެންޓޮންނޭޓް، 24 އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އާންމުންގެ ސަމާލުކަމަށް އެ މައްސަލަ އާއި އެ ކުއްޖާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ކްލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އޭނާގެ ކިބައިން ސަލާމަތްވާ އެ ކުއްޖާ އުޅޭތަން ވެސް ފެނެ އެވެ. އެކަން ހިނގިއިރު އެތަނުގައި އިތުރު މުވައްޒަފަކު ވެސް އުޅޭއިރު، އިތުރު ކުއްޖަކު އެތަނުގައި ހުރި މޭޒު ކައިރީގައި އިނެވެ. އަދި އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
ދެ މުވައްޒަފުންގެ މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލަ ސަމާލުކަމަށް އައުމާ އެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށާއި އެ މައްސަލާގައި ޝާމިލުވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ.
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!
އަނެއްކާވެސް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ރޭޕްކޮށް، 13 އަހަރުގައި ވިހެއުން: ހުސް އިހުމާލު!