ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރެއްވުމުގެ އެެންމެ މަތިވެރި ޝަރަފު ޝައިހް ހުސެއިން ސަލާހުއްދީނުގެ ހަނދާނަށް ސަރުކާރުން މިއަދު އަރުވައިފި އެވެ.
04 ސެޕްޓެމްބަރ 2024
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރެއްވުމުގެ އެެންމެ މަތިވެރި ޝަރަފު ޝައިހް ހުސެއިން ސަލާހުއްދީނުގެ ހަނދާނަށް ސަރުކާރުން މިއަދު އަރުވައިފި އެވެ.
ގައުމީ އިނާމަށް މި އަހަރު އަލަށް އިތުރުކޮށްފައިވާ އެ ދާއިރާއަކީ ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ.
ދިވެހި ގައުމިއްޔަތުގެ ބަހާތަކާއި އަސާސްތައް ހަރުދަނާ ކުރުމާއި އެކި ރޮނގުތަކުން ހިދުމަތް ކުރައްވާ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުމާއި އެ ބޭފުޅުންނަށް ހައްގުވާ ޝަރަފު ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާތީ އެ އެވޯޑު އިފްތިތާހުކޮށްފައި ވަނީ މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
އިލްމުގެ ނޫރު ފެތުރުއްވުމަށް ސަލާހުއްދީން ކުރައްވާފައިވާ ގައުމީ ހިދުމަތަށްޓަކައި އެ ޝަރަފު އަރުވާފައި ވަނީ ސަލާހުއްދީނުގެ ހަނދާނަށެވެ. ރައީސް މުއިއްޒުގެ އަތްޕުޅުން އެރުވި ޝަރަފުގެ އައްޑަނައާ ސަލާހުއްދީންގެ އާއިލާގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ މަނިކުފާނަށް ވިދާޅުވާ އެންމެ ދޮށީ ދަރިފުޅު، ހުސައިން ޝިހާބެވެ.
— The President's Office (@presidencymv) September 4, 2024
ސަލާހުއްދީނަށް ކާފަ ވިދާޅުވާ ބޭފުޅުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި އަހުމަދު ޝިހާބާއި އިސްމާއިލް ޝަރީފު ވެސް ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.
ސަލާހުއްދީން ހަނދާން އާކުރައްވައި އެ ޖަލްސާގައި ދެއްކި ޕްރެޒެންޓޭޝަނުގައި ވަނީ ދިވެހި އިސްލާމީ ތައުލީމު މުޖުތަމައަށް ފެތުރުމަށް އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށްފަ އެވެ.
ސަލާހުއްދީން ވަނީ 50 އަށް ވުރެ ގިނަ ފޮތް ލިޔުއްވައިފަ އެވެ. އޭގެ ތެރޭގައި ދޮންބީފާނު ވާހަކަ އާއި ނުއުމާނު ވަލް މަރިޔަމަކީ އަދަބިއްޔާތުގެ އުފެއްދުންތެރި ވިސްނުންތަކާއި އަދަބު އަހުލާގު މުޖުތަމައަށް ފެތުރުމަށް ލިޔުއްވި ފޮތްތަކެވެ. އެ މަނިކުފާނު ވަނީ ތައުހީދާއި އަގީދާ އާއި ތަޖުވީދު އިލްމާ ގުޅޭ ފޮތްތައް ވެސް ލިޔުއްްވައިފަ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަލާހުއްދީނަކީ ރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބެވެ. އެ މަނިކުފާނަކީ ދިވެހި ގައުމުގެ ނަމޫނާ ދަރިއެއް ކަމަށާއި ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބަކީ ވެސް ސަލާހުއްދީން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީ ސަލާހުއްދީން ލިޔުއްވި ސިޔަރަތުން ކަމަށާއި އިލްމުވެރިކަމާއި އަރަބި ބަހާއި ދިވެހި ބަހަށް ހުރި ކުޅަދާނަކަން އެ އިން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ އަހަރު ގައުމީ ދުވަސް އުތީމުގަައި
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
ދިވެހި ބަހުގެ މުއްސަނދިކަން ދެއްކި ނަމޫނާ ތަގުރީރެއް
"އަޒުމަކަށް ހަދަންވީ ދީނަށް އަމަލުކުރާ މީހަކަށް ވުން"
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް