ދެ އަހަރަށް ދެމިގެންދާ މަޝްރޫއުއެއް ގޮތަށް ހއ. އުތީމުގައި ގައުމީ ދުވަސް ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
28 ޖެނުއަރީ 2025
ދެ އަހަރަށް ދެމިގެންދާ މަޝްރޫއުއެއް ގޮތަށް ހއ. އުތީމުގައި ގައުމީ ދުވަސް ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އުތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށަށް ވަޑައިގެންނެވުމުން ހާއްސަ އިހުސާސުތަކެއް ކުރެއްވޭ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ އެއީ ގައުމީ އިހުސާސުތަކެކެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އުތީމުގައި ގައުމީ ދުވަސް ފާހަގަކުރުމަކީ ކޮންމެ ދައުރެއްގައި ވެސް ކޮންމެވެސް އެއް އަހަރަކު އެ އިރެއްގައި އޮންނަ ސަރުކާރަކުން ކުރަމުން އަންނަ ކަމެއް ނަމަވެސް އެގޮތާ ހިތްހަމަ ޖެހި ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ އެ ރަށުގައި ގައުމީ ދުވަހަކީ ގައުމީ މަޝްރޫއެއް ގޮތަށް ފާހަގަކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަސްދުކުރަނީ މިއީ މަޝްރޫއުއެއް ގޮތަށް ކުރިއަށް ގެންދަން. މި މަރުކަޒާއި ގަނޑުވަރާއި އަދި މި ރަށުގައި މި ހުރި ތާރީހީ ތަންތަން ހިމަނައިގެން" ރައީސް ވިދާޅުވި އެވެ.
އެ ނިންމެވުމާ އެކު މި އަހަރާއި އަންނަ އަހަރު، ރަސްމީ ގޮތުން ގައުމީ ދުވަސް ފާހަގަކުރާނެ ރަށަކަށް އުތީމު ހަމަޖައްސަވާފައިވާކަން ރައީސް އިއުލާނު ކުރެއްވި އެވެ.
ހއ. އުތީމަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ޖިހާދުގެ ތިން ބަތަލުން ނިސްބަތްވާ ރަށެވެ. މި ރަށުގެ އެންމެ ޚާއްސަ ތަނަކީ ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދުކުރެއްވުމުގައި އިސްކޮށް ހުންނެވި ބޮޑުތަކުރުފާނުގެ ގެކޮޅު ކަމަށްވާ، 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ "އުތީމު ގަނޑުވަރު" އެވެ.
ގައުމީ ދުވަސް ފާހަގަކުރަނީ ބޮޑުތަކުރުފާނުގެ ޖިހާދުގެ ޒިކުރާ އާކުރުމަށް، ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ.
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
ގައުމިއްޔަތުގެ މަތީ ޝަރަފު ސަލާހުއްދީނުގެ ހަނދާނަށް
ގައުމީ އިނާމު ދިނުން އަންނަ މަހަށް ފަސްކޮށްފި
"އަޒުމަކަށް ހަދަންވީ ދީނަށް އަމަލުކުރާ މީހަކަށް ވުން"
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް