Roadha Mihaaru
ފުވައްމުލަކު ބަނދަރުން ޓޫރިޒަމަށް ބިން ދޫކުރަނީ

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމަށް ބިން ދޫކުރަން ހުޅުވާލައިފި

05 ސެޕްޓެމްބަރ 2024

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދޭން ނިންމައި އެކަމަށް އެދި ހުށަހަޅަން ހުޅުވާލައިފި އެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދޭން ނިންމައި އެކަމަށް އެދި ހުށަހަޅަން ހުޅުވާލައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑް ޑޮކިއުމެންޓް ވިއްކައިގެން ކަމަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 100 ޑޮލަރެވެ.

ކޮންމެ މީހަކަށް ވެސް އެ ބިޑު ހުށަހެޅޭ ގޮތަށް ކުރި އިއުލާނުގައިވާ ގޮތުން، މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ބިޑު ހުށަހެޅޭނެ އެވެ.

ފުވައްމުލަކަކީ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ރަށެކެވެ. ފުވައްމުލަކުގައި 10 ވަރަކަށް ޑައިވިން ސްކޫލް ހިންގާއިރު، އެ ރަށް ކައިރިއަށް ޑައިވް ކުރުމަށް ވަރަށް ގިނަ ސަފާރީ އުޅަނދުތައް ދެ އެވެ.