Roadha Mihaaru
ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށް ލައިފި

ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށް ލައިފި

08 ސެޕްޓެމްބަރ 2024

ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުން އަމަލުކުުރުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ޖަލަށްލީ ރ. މާކުރަތު މީހެކެވެ.

އޭނާ ހައްޔަރުކުރި އިރު ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ފޯނުން ފެނިފައިވާތީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކުރި ނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ހުކުމުގެ ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ. އެކަމަކު މި މައްސަލައިގައި ކޯޓުގައި ދައުވާކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފި ނަމަ، އެ މީހަކު 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.