ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އައްޔަންކޮށްފި އެވެ.
08 ސެޕްޓެމްބަރ 2024
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގައި މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް ހަބީބް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އޭނާއަށް އަރުވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތުގައި ރައީސްގެ ކުރިފުޅުމަތީގައި ހަބީބް ވަނީ އެޗްއާރުސީއެމްގެ މެންބަރު ކަމުގެ ހުވާކުރައްވާފައި ކަމަށެވެ. ހަބީބަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިސްމާއިލް ހަބީބް އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ ހުވާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހަބީބް ވަނީ 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް އީސީގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން ޖެހިޖެހިގެން ދެ ދައުރު އީސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.
ހަބީބް ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ގައުމީ ޔުނިވާސިޓީން މާސްޓަ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލްކުރައްވައިފަ އެވެ.
ހަބީބް، އެޗްއާރުސީއެމަށް އައްޔަންކުރަން ކޮމިޓީގެ ރުހުން
އެޗްއާރުސީއެމަށް ހަބީބް އައްޔަންކުރަން ފޮނުވައިފި
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
"ގުރައިދޫ މަރުކަޒުގެ މައްސަލަތައް ވާނީ ހައްލުކޮށްފައި"
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކޮށްފި
އެޗްއާރްސީއެމްގެ ޓީމެއް ރިހިވެއްޔަށް!