Roadha Mihaaru
ހަބީބް، އެޗްއާރުސީއެމަށް އައްޔަންކުރަން ކޮމިޓީގެ ރުހުން

ހަބީބް، އެޗްއާރްސީއެމަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

30 ޖުލައި 2024

ހިއުމަން ރައިޓްސް ކޮމިޓީ އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފި އެވެ.

ހިއުމަން ރައިޓްސް ކޮމިޓީ އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފި އެވެ.

އެޗްއާރްސީއެމުން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް މައްސަލައެއް ފޮނުވީ މި މަހުގެ 15 ގަ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ހަވާލުކުރި ހިއުމަން ރައިޓްސް ކޮމިޓީން އިއްޔެ ވަނީ ހަބީބް އެ ކޮމިޓީ އަށް ގެންނަވައި އޭނާއާ އިންޓަވިއު ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ، ހަބީބަށް އެވްރެޖް 75 ޕަސެންޓަށް ވުރެ އިތުރަށް މެންބަރުން މާކްސް ދެއްވާފައިވާ ކަމަށެވެ.

އެހެންވެ، ހަބީބަކީ އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލް ބޭފުޅެއް ކަމަށް ކަނޑައަޅައި، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް އެ ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

އެޗްއާރުސީއެމަށް ހަބީބް އައްޔަން ކުރުމާ މެދު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގަ އެވެ.