Roadha Mihaaru
މަލައިކާގެ ބައްޕަގެ މަރު ތަހުގީގުކުރަނީ

ބޮލީވުޑް މޮޑެލް މަލައިކާގެ ބައްޕަ ގޭގެ މަތިން ވެއްޓި މަރުވުމުން މައްސަލަ ތަހުގީގުކުރަނީ

11 ސެޕްޓެމްބަރ 2024

ބޮލީވުޑްގެ ޓީވީ ޕާސަނަލިޓީ އަދި މޮޑެލް މަލައިކާގެ އަރޯރާގެ ބައްޕަ އަނިލް އަރޯރާ އޭނާ ދިރިއުޅޭ ގޭގެ މަތިން ވެއްޓި މަރުވުމުން އެ މައްސަލަ އިންޑިއާގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ބޮލީވުޑްގެ ޓީވީ ޕާސަނަލިޓީ އަދި މޮޑެލް މަލައިކާގެ އަރޯރާގެ ބައްޕަ އަނިލް އަރޯރާ އޭނާ ދިރިއުޅޭ ގޭގެ މަތިން ވެއްޓި މަރުވުމުން އެ މައްސަލަ އިންޑިއާގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އަނިލް މަރުވީ އޭނާ މުމްބާއީގައި ދިރިއުޅޭ ގޭގެ ޓެރަސް މަތިން ފުއްމާލައިގެން ކަމަށް ފުލުހުން ބުނެފައި ވެ އެވެ. ނަމަވެސް، އޭނާ އަމިއްލަ އަށް މަރުވީ ކަމާ މެދު ސުވާލު އުފެދޭ ބައެއް ކަންތައްތައް ހުރި ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ.

"ސުއިސައިޑް ނޯޓެއް ވެސް ނުފެނޭ. ބެލެވޭ ގޮތުގައި، އޭނާ ޓެރަސް މަތީގައި އުޅެނިކޮށް ކައްސާލައިގެން ވެއްޓުނީ،" ބައެއް ނޫސްތަކުގައި ވެ އެވެ.

އޭނާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓު މޯޓަމް ހަދަން އޭނާގެ ހަށިގަނޑު މިހާރު ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އަނިލް މަރުވުމުން އެ ހިތާމައިގައި އާއިލާއާ ބައިވެރިވުމަށް މަލައިކާގެ ކުރީގެ ފިރިމީހާ އަރްބާޒް ހާން އާއި ކުރީގެ ލޯބިވެރިޔާ އަރްޖުން ކަޕޫރް ވެސް ވަނީ އެ ގެއަށް ގޮސްފަ އެވެ. އަރްބާޒްގެ ބައްޕަ ސާލިމް ހާން އާއި މަންމަ ސަލްމާ ހާން އަދި އެ އާއިލާގެ އިތުރުން ބައެއް މެމްބަރުން ވެސް ވަނީ އެ ގެއަށް ގޮސްފަ އެވެ.

އެއީ މަލައިކާ ވެސް ދިރިއުޅޭ ގެ އެވެ. އެކަމަކު ބައްޕަ މަރުވި އިރު، މަލައިކާ ހުރީ ޝޫޓިންއަކަށް ޕޫނޭގަ އެވެ.

ފުލުހުން އަނިލްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން އޭނާ މަރުވި ކަމަށް ރިޕޯޓްތައް ބުންޏެވެ.

އަނިލްގެ ދެ ކުދިން ތިބެ އެވެ. އެއީ މަލައިކާ އާއި އޭނާގެ ކޮއްކޮ އަދި އެކްޓްރެސް އަމްރިތާ އަރޯރާ އެވެ. އަނިލް ވަނީ މަލައިކާގެ މަންމަ ޖޮއިސް ޕޮލިކާޕް، އެ ކުދިން ވަރަށް ކުޑައިރު ވަރިކޮށްފަ އެވެ.