Roadha Mihaaru
ނައިފަރާއި ހިންނަވަރުގައި ޑްރަގް އޮޕަރޭޝަނެއް ފަށައިފި

ނައިފަރާއި ހިންނަވަރުގައި ޑްރަގް އޮޕަރޭޝަނެއް ފަށައިފި

11 ސެޕްޓެމްބަރ 2024

މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ ޅ. ނައިފަރާއި އެ އަތޮޅު ހިންނަވަރުގައި ޑްރަގު އޮޕަރޭޝަނެއް ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ ޅ. ނައިފަރާއި އެ އަތޮޅު ހިންނަވަރުގައި ޑްރަގު އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ ޑްރަގު އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި އުތުރުގެ ޕޮލިހުން ގުޅިގެން ހިންނަވަރާއި ނައިފަރުގައި ޑްރަގު އޮޕަރޭޝަނެއް ކުރިއަށް އެބަދާ ކަމަށެވެ. އެކަމަކު އެ އޮޕަރޭޝަނުގެ ތަފްސީލު ހާމަކުރާނީ އޮޕަރޭޝަން ނިމުމުން ކަމަށް ބުންޏެވެ.

މީގެ ކުރިން ވެސް ނައިފަރުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ އެކަމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހުން އުޅޭ ތަންތަަން ފާސްކޮށް، ބަޔަކު ހައްޔަރުކޮށްފަ އެވެ.

މިދިޔަ އަހަރު އެ އޮޕަރޭޝަން ހިންގީ އެކި އުމުރުގެ މީހުންނަށް މަސްތުވާތަކެތި ދީ އެކަމުގެ ތެރެއަށް މީހުން ވެއްދުމުގެ މައްސަލަ ބޮޑުވެގެން އެ މައްސަލަ ހުށަހެޅުމުންނެވެ. އެ ފަހަރުގެ އޮޕަރޭޝަނުގައި ހަ މީހަކު ހައްޔަރުކުރިޔަސް ކޯޓުން އެމީހުން ދޫކޮށްލީ ހައްޔަރުކުރިއިރު ސީދާ އެ މީހުންގެ އަތުގައި މަސްތުވާތަކެތި ނެތް ކަމަށް ބުނެ އެވެ.

މަސްތުވާތަކެތީގެ މައްސަލަ ރަށުގައި ބޮޑުވެ އެރަށުގެ އެކި އިދާރާތަކުން ވަނީ އެކަމުގައި ފިޔަވަޅު އަޅައިދޭން ވެސް އެދިފަ އެވެ.