ހުއްދަ ނެތި، ގާނޫނާއި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރާ ދެ ތަނެއް ބަންދުކޮށްފި އެވެ.
11 ސެޕްޓެމްބަރ 2024
ހުއްދަ ނެތި، ގާނޫނާއި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރާ ދެ ތަނެއް ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ މި ދެ ތަން ބަންދުކުރީ ފުލުހުންގެ އިންޓެލިޖެންސާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މަހުގެ ތިން ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަނުގައި ވަނީ "ޓްރާންސްފާ މޯލްޑިވްސް" ގެ ނަމުގައި ހުއްދަ ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރަމުންދިޔަ ތަނެއް ހުއްޓުވައި، އެތަން ބަންދުކޮށްފަ އެވެ.
ދެވަނަ އޮޕަރޭޝަނުގައި މިއަދު ވަނީ އެމްއެމްއޭ އިން ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ ސޮވެނިއާ ވިޔަފާރިކުރާ ތަނެއް ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެއީ ޗާންދަނީ މަގުގައި ހުންނަ "ކާށި ބޯޓު ސްވެނިއާ" ފިހާރަ އެވެ.
ސޮވެނިއާ ވިޔަފާރިކުރާ ތަނެއް ފުލުހުން ބަލައިފާސްކުރަނީ.
ފުލުހުން ބުނި ގޮތުގައި އެތަނަކީ އެމްއެމްއޭ އިން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެކެވެ. އެހެންވެ، އެ ފިހާރައަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި ވަނީ ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ވެސް އިރުޝާދުދީފައި ކަމަށް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރި މީހަކު ހައްޔަރު
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
މާލޭގެ ދެ ސަރަހައްދަކުން 25 ބިދޭސީއަކު ހިފަހައްޓައިފި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު
އިހުތިޖާޖުކުރި 55 ބިދޭސީން އިމިގްރޭޝަނަށް