Roadha Mihaaru

އިމިގްރޭޝަންގެ ބަންދުގައި ތިބި 17 މީހަކު ކާނާ ވިހަވެގެން ފަރުވާދެނީ!

ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ފެބުރުއަރީ 2025

ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ ސަމާލުކަމަށް ވެސް އެ މައްސަލަ އައިސްފައިވާއިރު، އިމިގްރޭޝަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ. ނަމަވެސް އެ ކަން ހިނގި ގޮތް އަދި ސާފެއް ނުވެ އެވެ.

އިމިގްރޭޝަންގެ މީޑިއާ އިން ބުނީ، މި ވަގުތު 17 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"މިކަމުގައި އަސަރު ކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް،" އިމިގްރޭޝަނުން "އެކްސް" ގައި ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އިތުރު މީހުން ހޮސްޕިޓަލަށް ގެންނަމުންދާތީ ކާނާ ވިހަވި ޖުމުލަ އަދަދު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި މިހާރު ބައިތިއްބަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ރާއްޖެ އިން ފޮނުވާލާ މީހުންނެވެ.