Roadha Mihaaru

މާލެ/ހުޅުމާލެ އިން މާދަމާ ހެނދުނު 7-6 އަށް ކަރަންޓު ކެނޑޭނެ

ހުޅުމާލެ 2 ގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން، މާލޭ އިންޓަކަނެކްޝަން ގްރިޑާ ގުޅުވުމުގެ މަސައްކަތް ކުރާތީ މާދަމާ ހެނދުނު އެއް ގަޑިއިރަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

12 ސެޕްޓެމްބަރ 2024

ހުޅުމާލެ 2 ގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން، މާލޭ އިންޓަކަނެކްޝަން ގްރިޑާ ގުޅުވުމުގެ މަސައްކަތް ކުރާތީ މާދަމާ ހެނދުނު އެއް ގަޑިއިރަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަބްސްޓޭޝަނަށް އެނާޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މާދަމާ ހެނދުނު 6:00 އިން 7:00 އަށް މާލެ އާއި ހުޅުމާލެގެ ބައެއް ސަރަަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި، އެ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި ހައިވޯލްޓޭޖް ސްވިޗް ގިއަރާއި ހުޅުމާލެ 2 އަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނެ އެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލެ 2 އަކަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުކުރުމަށް ބަހައްޓާ އެ ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތު އިތުރަށް ފުރިހަމަ ވާނެ ކަމަށެވެ.