ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕީއެސް އާތިކާ އިބްރާހިމް އިސްވެ ހުންނަވައިގެން އެތަނުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ޖެއްސުންކޮށް ބުލީކުރާ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހަޅާފައި ނުވާ ކަމަށް މިނިސްޓަރު އާދަމް ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
16 ސެޕްޓެމްބަރ 2024
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕީއެސް އާތިކާ އިބްރާހިމް އިސްވެ ހުންނަވައިގެން އެތަނުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ޖެއްސުންކޮށް ބުލީކުރާ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހަޅާފައި ނުވާ ކަމަށް މިނިސްޓަރު އާދަމް ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އާތިކާގެ މައްސަލައަކީ، ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ބަލަމުންދާ މައްސަލައެކެވެ. ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ މައްސަލައާ ގުޅިގެން މިނިސްޓްރީގެ ބަހަކީ ކޮބާތޯ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އާތިކާގެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށެވެ.
"އެންމެ ކުރުކޮށް ދަންނަވަންޏާ މިނިސްޓްރީއަށް ތިކަން ރަސްމީކޮށް އެނގިފައެއް ނެތް. އަޅުގަނޑާ ހަމައަށް ތިކަމާ ބެހޭ އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މައްސަލަ ހުރި ކަމަށް ބުނާ މުވައްޒަފަކީ ވެސް އެ މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ފަރުވާތެރިކޮށް އަދި ރަނގަޅަށް ކުރާ މުވައްޒަފެކެވެ.
ރައީސް އޮފީހުގައި ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ޕީއެސް އަދި ޑިރެކްޓާ ޖެނެރަލް އާތިކާ އިބްރާހިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ބުރަކޮށް ވަރަށް ޒިންމާދާރުކޮށް ކުރައްވާ އެތައް ބޭފުޅުންނެއް އެބަ ތިއްބެވި. ދެން ވަކި ބޭފުޅަކަށް އަމާޒުވެފަ އޮތީމަ އޭނާއާ ގުޅޭ ގޮތުން ވެސް ދަންނަވަން އޮތީ ވަރަށް ބުރަކޮށް ހަވާލުކުރާ ކޮންމެ މަސައްކަތެއް ގަޑިއަށް ނިންމަވާ ފަރުވާތެރި މުވައްޒަފެކޭ. ރަނގަޅަށޭ މަސައްކަތް ކުރައްވަމުން ގެންދަވަނީ."
މިނިސްޓަރު އެގޮތަށް ވިދާޅުވިއިރު ރައީސް އޮފީހުގެ ޕްރެސްގައި މިއަދު އާތިކާ ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެ މިނިސްޓްރީން ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާ މަސައްކަތްތައް އެ ޕްރެސްގައި އޭނާ ހިއްސާކުރެއްވި އެވެ.
އެ މިނިސްޓްރީގެ ސިވިލް މުވައްޒަފުންގެ ޕެޓިޝަންގައި ބުނީ އެ ޕެޓިޝަން ހުށަހަޅަން މަޖުބޫރުވީ މިނިސްޓްރީގެ ވެރިންގެ ގޮތުގައި ސީއެސްސީން ކަނޑައަޅާފައިވާ ބައެއް ވެރިން، ހާއްސަކޮށް، އާތިކާ އެ ތަނުގެ މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއް ނެތި، އުސޫލުތަކުގެ ބޭރުން، ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ރިއާޔަތް ކުރުމެއް ނެތި ބުލީކުރުމުގެ އުސޫލުން ކަންކަން ކުރާތީ ކަމަށެވެ. އަދި އެ ވަގުތަކު ބޭނުންވާ މީހަކު ލައްވައި ބޭނުން ކަމެއް ކުރުވަމުން ގެންދިއުމުގެ ސަބަބުން، މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަމާއި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އުފެދި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ދަތިވާ ހިސާބަށް އޮފީހުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށް ޕެޓިޝަނުގައިވެ އެވެ.
މިދިޔަ މަހުގެ 29 ގައި އެކްޓިން ޕީއެސްއަކަށް އާތިކާ ހަމަޖެއްސިއިރު، މުވައްޒަފުންގެ ތުހުމަތުތަކާ ގުޅިގެން "މިހާރު" އިން އޭނާއަށް ސުވާލުކުރުމުން ވެސް ޖަވާބެއް ނުދެ އެވެ.
ދިވެހި ބަހުގެ އެކަޑެމީގެ ހިންގުން އޮގަރު ވަހީދަށް
ދިވެހި ބަހުގެ މިނިސްޓްރީ އަށް އާ ޕީއެސްއެއް
ދިވެހިބަހުގެ މިނިސްޓްރީގެ މުވައްޒަފުން ރައީސްގެ އަރިހަށް
ދިވެހި ދިދަ ހިމާޔަތްކުރަން ގާނޫނެއް ހަދަނީ
ބުލީކުރާ ކަމަށް ބުނާ ޕީއެސްއެއްގެ މައްސަލަ ބަލަނީ
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށް ކަނޑައަޅައިފި
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
އިހުގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތް ފަށައިފި
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް