Roadha Mihaaru
ސީކްރެޓް ސާވިސް އިން ބުނަނީ ޓްރަމްޕަށް ހިމާޔަތްދެވެޔޭ

ސީކްރެޓް ސާވިސް އިން އަދިވެސް ބުނަނީ ޓްރަމްޕަށް ހިމާޔަތް ދެވޭ ކަމަށް

18 ސެޕްޓެމްބަރ 2024

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ބަޑިން ހަމަލާ ދިންތާ ދެ މަސް ފަހުން ޓްރަމްޕުގެ ގޮލްފް ކޯސް ތެރޭ ހަތިޔާރާ އެކު ފިލައި އޮތް މީހަކު އަތުލައިގެންފައި ވިޔަސް ޓްރަމްޕަށް އެކަށީގެންވާ ރައްކާތެރިކަން ލިބެމުންދާ ކަމަށް އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސް އިން ބުނެފި އެވެ.

އެ މީހާ އަތުލައިގަތީ ގަސްތަކެއްގެ ތެރޭގައި ބަޑިއަކާއި ދުރުމީއެއް ހިފައިގެން އޮއްވަ އެވެ. ޓްރަމްޕަށް ބަޑި އަމާޒުކުރާނެ ފުރުސަތެއް ލިބުމުގެ ކުރިން އެ މީހާ ފެނިގެން ސީކްރެޓް ސާވިސްގެ އެޖެންޓުން ވަނީ ބަޑިން ހަމަލާދީ އަދި ފަހުން އެ މީހާ ކާރެއްގައި ދަނިކޮށް އަތުލައިގެންފަ އެވެ.

މި ހާދިސާއާ އެކު ސީކްރެޓް ސާވިސްއަށް އަމާާޒުވި ފާޑުކިޔުމަށް ރައްދު ދެމުން އެ އިދާރާއިން ބުނީ ޓްރަމްޕަށް އެންމެ ފުރިހަމަ ރައްކާތެރިކަން ދެމުން ގެންދާ ކަމަށެވެ.

މިއީ މީހަކު އަމިއްލަ ފިކުރުގައި، އެހެން ބަޔަކާ ގުޅުމެއް ނެތި ދިން ހަމަލާއެއް ކަމަށް ސީކްރެޓް ސާވިސް އިން ބުނެފައި ވާއިރު ޓްރަމްޕް ވަނީ ހާދިސާ ސިޔާސީކޮށްފަ އެވެ.

ޓްރަމްޕް ވިދާޅުވީ މިއީ އޭނާ އަކީ ޑިމޮކްރަސީއަށް ނުރައްކަލެއް ކަމަށް ވިދާޅުވެ ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް ނައިބު ރައީސް ކަމަލާ ހެރިސް އަދި ރައީސް ޖޯ ބައިޑެން ވާހަކަ ދައްކަވާތީ ދިމާވާ ކަންތައްތައް ކަމަށެވެ.

ބައިޑެން އާއި ކަމަލާ ވަނީ ޓްރަމްޕަށް ދިން ހަމަލާ ކުށްވެރިކުރައްވައިފަ އެވެ.

ޓްރަމްޕަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 58 އަހަރުގެ ރަޔަން ވެސްލީ ރައުތު ކިޔާ މީހެކެެވެ.