Roadha Mihaaru
ކޭންގެ ހަތަރު ގޯލާ އެކު ބެޔާނަށް ލަނޑުގެ އީދެއް

ކޭންގެ ހަތަރު ގޯލާ އެކު ބެޔާނަށް ލަނޑުގެ އީދެއް

18 ސެޕްޓެމްބަރ 2024

މިއުނިކް (ސެޕްޓެމްބަރު 18) - އިތުރު ހަތަރު ޓީމުގެ ޖާގައާ އެކު ޖުމްލަ 36 ޓީމު ހިމަނައިގެން މުޅިން އާ ފޯމެޓެއްގައި ރޭ ފެށި ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބެޔާން މިއުނިކް ކުޅުނު ފުރަތަމަ މެޗުގައި 9-2 އިން ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް ބަލިކޮށްފި އެވެ.

މިއުނިކް (ސެޕްޓެމްބަރު 18) - އިތުރު ހަތަރު ޓީމުގެ ޖާގައާ އެކު ޖުމްލަ 36 ޓީމު ހިމަނައިގެން މުޅިން އާ ފޯމެޓެއްގައި ރޭ ފެށި ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބެޔާން މިއުނިކް ކުޅުނު ފުރަތަމަ މެޗުގައި 9-2 އިން ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް ބަލިކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ބެޔާނުން ކުޅުނު މި މެޗުގައި ފޯވާޑް ހެރީ ކޭން ވަނީ ހަތަރު ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރެއިން ތިން ގޯލު ޖެހީ ޕެނަލްޓީންނެވެ.

ބެޔާނުން މި ސީޒަނުގައި އިންގްލެންޑްގެ ކްރިސްޓަލް ޕެލަސް އިން ގެނައި ފޯވާޑް މައިކަލް އޮލީސޭ ދެ ގޯލް ކާމިޔާބު ކޮށްދިން އިރު، އެހެން ލަނޑުތައް ޖަހައިދިނީ ރަފައެލް ގުރޭރޯ އާއި ލިރޯއި ސާނޭ އަދި ލިއޯން ގޮރެޓްޒްކާ އެވެ. ޒަގްރެބުން ޖެހި ދެ ގޯލު ވެސް ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ ކުރީކޮޅު އެވެ.

މިއާ އެކު ބެޔާން މިއުނިކްވެފައި ވަނީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ނުވަ ގޯލު ޖެހި ފުރަތަމަ ކްލަބަށެވެ. ނަމަވެސް ޔޫރަޕިއަން ކަޕް ނަމުގައި މުބާރާތް ކުރިއަށް ގެންދިޔަ ދުވަސްވަރު ރެއާލް މެޑްރިޑުން ވަނީ އޮސްޓްރިއާގެ ވެކާ އިންސްބްރަކް އާ ދެކޮޅަށް 1980 ގައި ކުޅުނު މެޗުން 9-1 އިން މޮޅުވެފަ އެވެ.

ބެޔާންގެ ކޭން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެެފްޕީ

ބެޔާންގެ ކޭން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެެފްޕީ

ޕެނަލްޓީން ކޭން ޖެހި ތިން ގޯލަކީ ވެސް ޗެމްޕިއަންސް ލީގުގެ ރެކޯޑެކެވެ. އަދި ހަތަރު ގޯލާ އެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ މެންޗެސްޓާ ޔުނައިޓެޑަށް 30 ގޯލު ޖަހައިދީފައިވާ ވޭން ރޫނިީ އަތުގަ އެވެ. ކޭން ވަނީ މިހާރު 33 ގޯލު ހަމަކޮށްފަ އެވެ.

ގިނަ ގޯލުތަކެއް ޖެހުނުކަމުގައި ވިއަސް ކޭން ވަނީ ޓީމުން އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަންކަން އެބަ ހުރި ކަމަށް ބުނެފަ އެވެ. އަދި އެ ކަންކަމަށް ދޭންވާ ސަމާލުކަން ނުދެވިއްޖެ ނަމަ ދެރައެއް ލިބިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެމެން ދެ ވަނަ ހާފު ފެށީ އެހާ ރަނގަޅަކަށް ނޫން. ވަރަށް އާދައިގެ ގޯސްތަކަކުން ކުރީކޮޅު ދެ ގޯލު ވަދެފައިވަނީ. އެކަންކަން އެބަޖެހޭ ރަނގަޅުކުރަން،" ކޭން ބުންޏެވެ.

"ފަހުން ކުރި މަސައްކަތް ރަނގަޅު. ގިނަ ގޯލުތަކެއް ޖެހުނީމަ އުފާ ވެސް ވޭ. ދެ ވަނަ ހާފުގަ ފަރުވާ ކުޑަ ކޮށްލެވިގެން މިއަދު ސަލާމަތް ވެއްޖެ. އެކަމަކު ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ލަނޑެއް ލިބިދާނެ."