ރާއްޖެ އާއި ސްރީ ލަންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވިދާޅުވެއްޖެ އެވެ.
23 ސެޕްޓެމްބަރ 2024
ރާއްޖެ އާއި ސްރީ ލަންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަނޫރާގެ ވެރިކަމުގައި ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އެ ވާހަކަފުޅު ރީޕޯސްޓު ކުރައްވައި އަނޫރާ ވަނީ އެމަނިކުފާނާއި ދިވެހިންނަށް ޝުކުރު ދަންނަވައިފަ އެވެ.
އަދި ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް ސަރަހައްދީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.
އިގްތިސާދީ ހީނަރުކަމުގައި ގައުމު ބަނގުރޫޓުވި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ، 55، ވަނީ ވޯޓުގެ 55.89 ޕަސެންޓަށް ވުރެ ގިނައިން ހޯއްދަވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ވަރުގަދަ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ އާއިލާތަކުން ވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް މީގެ ކުރިން މަގުބޫލުކަން ވަރަށް ކުޑަ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިފަހަރު ކުއްލި މަގުބޫލުމެއް ލިބިވަޑައިގަތީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިންގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކާ އެކުގަ އެވެ.
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
ލަންކާގައި ކިޔަވާ މީހުންގެ އާއިލާތަކަށް ވެސް ވިސާ
"ލަންކާއަކީ ތަރައްގީގެ އެންމެ ގާތް އެއް ބައިވެރިޔާ"
ލަންކާގެ ރައީސް ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ލަންކާ ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
ސްރީ ލަންކާގެ ރައީސް ރާއްޖެ އިން ފުރާވަޑައިގެންފި
ލަންކާގައި އިންވެސްޓުކުރަން ދިވެހިންނަށް ދައުވަތު
ޖިނާއީ މައްސަލަތަކުގައި އެއްބާރުލުންދޭން އެއްބަސްވުމެއް
ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެއަށް ވަޑައިގެންފި
ދިވެހިންނަށް ލަންކާއިން އެއް އަހަރުގެ ވިސާ ދޫކުރަނީ