Roadha Mihaaru
އިޒްރޭލު ސިފައިން ލުބްނާނަށް އަރަން ތައްޔާރީ ހާލަތުގައި

އިޒްރޭލު ސިފައިން ލުބްނާނަށް އަރަން ތައްޔާރުވާން އަންގައިފި

26 ސެޕްޓެމްބަރ 2024

ލުބްނާންގައި ހިޒްބުﷲ ޖަމާއަތުގެ ބާރު ގަދަ ސަރަހައްދުތަކަށް އިޒްރޭލުން ކެނޑިނޭޅި ހަމަލާ ދެމުން ދާއިރު އެއްގަމު މަގުން ލުބްނާނަށް އަރަން ޖެހިއްޖެ ނަމަ އެކަމަަށް ތައްޔާރެވެ ތިބުމަށް އިޒްރޭލު ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ހާޒީ ހަލޭވީ އަންގައިފި އެވެ.

"މިތަނުން މަތިންދާބޯޓުތަކުގެ އަޑު އިވޭނެ. މުޅި ދުވަހު ހަމަލާދެނީ، ތިޔަ ސިފައިން އެތަނަށް ވަނުމުގެ ފުރުސަތު ހޯދުމަށާއި ހިޒްބުﷲ އަށް ހަމަލާ ދިނުން ކުރިއަށް ގެންދިއުމަށް،" ހަލެވީ ޓޭންކުތަކުގެ ފައުޖަކާ މުހާތަބުކޮށް ދެއްކި ވާހަކައާ ހަވާލާދީ އިޒްރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ.

"އަހަރެމެން ހުއްޓައެއް ނުލާނަން. ކޮންމެ ތަނެއްގައި ވެސް އެމީހުންނަށް ހަމަލާދީ ގެއްލުން ދެމުން ގެންދާނަން،" ހަލޭވީ ބުންޏެވެ.

"މިކަން ކުރުމަށްޓަކައި ތައްޔާރުވަމުން މިދަނީ ހަރަކާތުގެ މަގަށް، އޭގެ މާނައަކީ ތިޔަބޭފުޅުންގެ ދުޝްމަނުންގެ ސަރަޙައްދަށް ވަންނާނެކަން."

"އެތަނަށް ވަންނާނީ ބާރުގެ ބޭނުންކޮށްގެން... ޕްރޮފެޝަނަލް ކޮމްބެޓް ފޯސްއަކާ ކުރިމަތިލާން ޖެހުމަކީ ކޮންކަހަލަ ކަމެއްކަން [ހިޒްބުﷲ އަށް] ދައްކައިދޭނަން،" އޭނާ ބުންޏެވެ.

"ތިޔަ ފައުޖު ވަންނާނީ އެމީހުންނަށްވުރެ މާ ވަރުގަދަކޮށް، އެމީހުންނަށްވުރެ މާ ތަޖުރިބާކާރު ވާނެ. އެތެރެއަށް ވަދެ، އެތަނުގައި ތިބި ދުޝްމަނުން ހަލާކުކޮށް، އިންފްރާސްޓްރަކްޗާ ހަލާކުކޮށްލާ،" ހަލޭވީ ބުންޏެވެ. -- އޭއެފްޕީ