27 ސެޕްޓެމްބަރ 2024
މި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ނިމޭއިރު، އަހަރަކު 3.5 ނުވަތަ ހަތަރު މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ނިމޭއިރު، އަހަރަކު 3.5 ނުވަތަ ހަތަރު މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ޓޫރިޒަމް ކުރިއަރުވަން މުހިންމު ގިނަ މަސައްކަތްތަކެއް މި ފަސް އަހަރުގެ ތެރޭގައި ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުން ކަމަށާއި ކުރިއަށް އޮތް ޑިސެމްބަރު މަހު އެ ޓާމިނަލުން ހިދުމަތް ދޭން ފަށާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލް ހުޅުވުމާ އެކު، ޓޫރިޒަމަށް އޭގެ ފައިދާ ކުރާނެ ކަމަށާއި އަންނަ އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.
އެއާއެކު، އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުންގެ އަމާޒު ވެސް ހާސިލް ވާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެންގެ ޓާގެޓް 3.5 މިލިއަން ފަތުރުވެރިން ނުވަތަ 4 މިލިއަން ފަތުރުވެރިންނަށް ރާއްޖޭގެ އެރައިވަލްސް ގެންދިއުމަށް ހިފާފައިވާ އަމާޒު ހާސިލުވެ ކާމިޔާބު ހޯދޭނެ،" އާ ޓާމިނަލުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާ އަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ ފުރިހަމަ ފައިދާ ނަގައި، މާކެޓިން ހަރަކާތްތަކާއި އޮކިއުޕެންސީ އިތުރުކޮށް، ޓޫރިސްޓުން ރާއްޖޭގައި ކުރާ ހޭދަ އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޓޫރިޒަމުން މިހާރު ދައުލަތަށް ލިބޭ 4.5 ބިލިއަން ޑޮލަރު ކަމަށާއި ޓޫރިޒަމް އިތުރަށް ފުޅާކޮށް، އެ އަދަދު ހަ ބިލިއަނަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ސްޕޯޓްސް ޓޫރިޒަމަށް ޔުވެންޓަސްއާއެކު މަޝްވަރާ ކޮށްފި
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
މަސައްކަތް ނުހިނގާ 22 ރަށެއް އަތުލަން ލަފާ ހޯދަނީ
ދުރު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ލުއި ދެނީ
އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއި ފައިސަލް ބައްދަލުކޮށްފި
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ޓޫރިޒަމް ދުވަސް:ފުވައްމުލަކުގެ ހިދުމަތްތެރިންނަށް އެވޯޑް
ޓޫރިޒަމަށް އައްޑޫ ޕްރޮމޯޓްކުރަންވީ އިނގިރޭސިވިލާތުގައި
ޓޫރިޒަމަށް ހާއްސަ ލޯނުތަކެއް ތައާރަފުކުރަނީ
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ