02 އޮކްޓޯބަރ 2024
ތަހުގީގު މަރުހަލާގައި ވެފައިވާ އިއުތިރާފްތަކަށް ބިނާކޮށް މީހުންގެ މައްޗަށް ކުށް ސާބިތުކުރުން މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން މަނާކުރީ ވަރަށް މުހިންމު ސަބަބުތަކަށްޓަކަ އެވެ. އެއީ ޖަލުތަކުގައި މީހުންނަށް ބިރު ދައްކައި ނުވަތަ އަނިޔާކޮށް، މަޖުބޫރު ކޮށްގެން ފަސޭހަ ގޮތަކަށް އިއުތިރާފް ބަޔާން ހޯދުމަށް ފަހު، އޭގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރުން ރާއްޖޭގައި ހައްދުން ނައްޓާ ހިސާބަށް ދިއުމުންނެވެ. އެހެން ނަމަވެސް އިއުތިރާފަށް ބިނާކޮށް، ސަގާފަތް ރާއްޖޭގައި އަދިވެސް މުޅިން އުވިގެން ނުދެ އެވެ.
ތަހުގީގު މަރުހަލާގައި ވެފައިވާ އިއުތިރާފްތަކަށް ބިނާކޮށް މީހުންގެ މައްޗަށް ކުށް ސާބިތުކުރުން މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން މަނާކުރީ ވަރަށް މުހިންމު ސަބަބުތަކަށްޓަކަ އެވެ. އެއީ ޖަލުތަކުގައި މީހުންނަށް ބިރު ދައްކައި ނުވަތަ އަނިޔާކޮށް، މަޖުބޫރު ކޮށްގެން ފަސޭހަ ގޮތަކަށް އިއުތިރާފް ބަޔާން ހޯދުމަށް ފަހު، އޭގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރުން ރާއްޖޭގައި ހައްދުން ނައްޓާ ހިސާބަށް ދިއުމުންނެވެ. އެހެން ނަމަވެސް އިއުތިރާފަށް ބިނާކޮށް، ސަގާފަތް ރާއްޖޭގައި އަދިވެސް މުޅިން އުވިގެން ނުދެ އެވެ.
ކޯޓުން ބޭރުގައި ތަހުގީގުގައި ކުށަށް އިއުތިރާފްވި ނަމަވެސް އެ އިއުތިރާފް ބަލައިނުގަނެވޭނެ ކަމަށް ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ސާފުކޮށް ލިޔެފައި އޮވެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ތަހުގީގުގައި ވެފައިވާ އިއުތިރާފަށް ބުރަދަން ދެވިދާނެ ކަމަށް މަތީ ކޯޓުތަކުން ކުރިން ނިންމާފައި އެބަހުއްޓެވެ. ހަމަ އެހެންމެ، ތަހުގީގު މަރުހަލާގައި ބަންދުގެ މުއްދަތު މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި ކުށަށް އިއުތިރާފް ވެފައިވާ ނަމަ އެއީ އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭ އެންމެ ވަރުގަދަ އެއް ހެކީގެ ގޮތުގައި މިހާރު ވެސް ބަލަ އެވެ.
އެކަމަކު ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި މަރުގެ މައްސަލައަކީ އިއުތިރާފަށް ބިނާކޮށް ކުށް ސާބިތު ކުރުމާ ގުޅޭ މުހިންމު އުސޫލުތަކެއް ކަނޑައެޅި މައްސަލަ އެކެވެ. ކ. ކާށިދޫގައި 2012 ވަނަ އަހަރު ފުލުހަކު މަރާލި މައްސަލާގައި އެ ރަށު ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، ތަހުގީގު މަރުހަލާ އާއި ބަންދު މުއްދަތު މަޖިލީހުގައި ކުށަށް ވާ އިއުތިރާފާ ބެހޭ މުހިންމު އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.
"ކުޑަ ނަމަވެސް ނުފޫޒެއް ނުފޯރުވާ ކަން ދައްކައި ދިނުމަކީ މި ހާލަތުގައި ފުލުހުންގެ މައްޗަށް އޮތް ޒިންމާ އެކެވެ."
ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ކުށަށް އިއުތިރާފް ވަނީ އަމިއްލަ އިހްތިޔާރުގައި ކަން ކަށަވަރު ކުރުމަށްޓަކައި، އޭނާ ކުށަށް އިއުތިރާފްވި ވަގުތާއި އެކަމުގައި ވަށައިގެން ހުރި ކަންކަމަށް ބަލަން ޖެހޭނެ އެވެ. މިސާލަކަށް ވަކީލެއްގެ އެހީތެރިކަމަށް އެދިފައިވޭތޯ އާއި ތަހުގީގުގައި ސުވާލު ކުރަން ހޭދަވި ވަގުތާއި ފުލުހުން ބޭނުންކުރި އުކުޅުތަކަށް ބެލޭނެ ކަމަށާއި އަދި އިއުތިރާފް ބަޔާނުގައި ހުރި ކަންކަމާ ދެން ހުރި ހެކިތަކާ ނުގުޅޭ ނަމަ އެއީ ވެސް އޭގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
"އިއުތިރާފް ވެފައިވަނީ ތޮބީއީ ގޮތަކަށް ނޫން ކަމަށް ވާ ނަމަ ނުވަތަ މުއްތަހަމުގެ އަމަލުތައް އާދަޔާ ހިލާފު ގޮތަކަށް ހުރި ކަމަށް ފެންނަ ހާލަތްތަކުގައި އެހެނިހެން ހެކިތަކުން އެ އިއުތިރާފް ބަޔާނަށް ބާރު ނުލިބޭ ނަމަ އެ ބަޔާނުގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ނިންމުން ހެޔޮނުވާ ހުއްޓެވެ،" ފަނޑިިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، އަދި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި އިއުތިރާފާ ބެހޭގޮތުން ބުނެފައިވެ އެވެ.
ކުރިން ވެސް ފާހަގަކުރި ފަދައިން، ރާއްޖޭގައި މަރުގެ މައްސަލަތައް ފަދަ ބޮޑެތި ކުށްތަކުގައި އެންމެ ގިނަ މީހުން ކުށަށް އިއުތިރާފްވާ މަރުހަލާއަކީ ބަންދުގެ މުއްދަތު މަޖިލީހެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ބަންދުގެ މުއްދަތު މަޖިލީހަކީ ވެސް ޝަރީއަތުގެ މަޖިލީހެއް ކަމަށްވާތީ އެ މަޖިލީހުގައި ވާ އިއުތިރާފަކީ ޝަރީއަތުގެ މަޖިލީހެއްގައި ވެފައިވާ އިއުތިރާފެއްގެ ބުރަދަން ދެވޭ އެއްޗެކެވެ. މިފަހަކަށް އައިސް އިއުތިރާފަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުކުރި ނަމަވެސް، ބަންދު މުއްދަތު މަޖިލީހުގައި އިއުތިރާފްވެފައިވާ ނަމަ އެއީ ފަހުން ވެސް އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭ ބުރަދަން ހުރި ހެއްކެކެވެ.
ސުޕްރީމް ކޯޓް --- ފޮޓޯ/މިހާރު
ނަމަވެސް އޭގެ އަނެއްކޮޅުން ބަލާއިރު، ބަންދުގެ މުއްދަތު މަޖިލީހަކީ ގިނަ ފަހަރު ވަކީލަކު ނެތި ވެސް ކުރިއަށް ގެންދެވޭ މަޖިލީހެކެވެ. އަދި ބަންދު މުއްދަތު މަޖިލީހަށް މީހުން ހާޒިރު ކުރަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އެހެންވުމުން ޝަރީއަތުގެ މަޖިލީހެއްގައި ލިބޭ ފަދަ ހުރިހާ ފުރުސަތުތަކެއް ބަންދު މުއްދަތު މަޖިލީހުގައި ނުލިބެ އެވެ. އެހެންވެ، އެފަދަ މަޖިލީހެއްގައި ކުށަށް އިއުތިރާފްވުމަށް ފަހު، ޝަރީއަތުގެ މަރުހަލާގައި އެކަމަށް އިންކާރު ކުރަން ދައްކާ މައިގަނޑު ސަބަބަކީ ފުލުހުން މަޖުބޫރު ކުރި ކަމަށް ބުނާ ބުނުމެވެ.
ނަމަވެސް ފުލުހުން އަނިޔާކޮށް، ބިރު ދެއްކިކަމުގެ ހެއްކެއް ތުހުމަތުވާ މީހާއަށް ދެއްކެން ނޯންނާތީ ގިނަ ފަހަރު އެ ވާހަކަތަކަށް ކޯޓުތަކުން ބުރަދަނެއް ނުދެ އެވެ. އެހެންވެ، ފަހުން ކުށަށް އިންކާރު ކުރިޔަސް، ކުރިން ބަންދު މުއްދަތު މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި ވެފައިވާ އިއުތިރާފަކީ ވެސް ސައްހަ އިއުތިރާފެއް ކަމުގައި ބަލައިގެން ކޯޓުތަކުން ކުރިން މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައި ވެސް އެބަހުއްޓެވެ.
"ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ލާޒިމް އިޖްރައާތަށް ތަބާނުވެ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަންފާ ޕްރޮސެކިއުޝަނަށް ލިބިގެން ނުވާނެ"
ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް އޮތްގޮތުން މިފަދަ އިއުތިރާފްތައް ބަލައިގަތުމަކީ ދެން އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ހުކުމުގައިވާ ގޮތުން ބަންދު މުއްދަތު މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި ކުށަށް އިއުތިރާފްވެފައި ވިޔަސް، ފުލުހުންގެ އަމަލުތަކާ މެދު ސުވާލު އުފެދޭނެ ކަންތައްތަކެއް ހުރި ނަމަ، އެ މީހާއަށް ބިރެއް ނުވަތަ މަޖުބޫރު ކަމެއް ކުރިމަތި ނުކުރާކަން ސާބިތުކޮށް ދިނުމުގެ ބުރަ ފުލުހުންގެ ފަރާތުން އުފުލަން ޖެހޭނެ އެވެ.
ސަމާހުގެ މައްސަލާގައި ވެސް ކަން ހިނގީ އެގޮތަށެވެ. އެ މައްސަލާގައި ސަމާހު ހައްޔަރު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރި އެވެ. އަދި އެ މަޖިލީހުގައި ކުއްލި ގޮތަކަށް ވަކީލެއްގެ ހައްގު ދޫކޮށްލުމަށް ފަހު ފަނޑިޔާރެއްގެ ކުރިމަތީގައި އޭނާ ކުށަށް އިއުތިރާފްވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ތަހުގީގުގައި ބުނުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ފަހުން ބަންދު މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފް ވެފައިވުމުން އެކަމުގައި ސުވާލު އުފެދޭ ކަމަށެވެ.
ފުލުހުންގެ މައި އިދާރާ --- ފޮޓޯ/މިހާރު
ހުކުމުގައިވާ ގޮތުން ބަންދު މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފްވީ އެގޮތަށް އެކަން ނުކޮށްފި ނަމަ ސަމާހު އާއި އޭނާގެ އާއިލާއަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ފުލުހުން ދިނުމުން ކަމަށް ސަމާހު ތުހުމަތު ކުރަމުން ދާތީ، އެ ހާލަތުގައި ކުއްލި ގޮތަކަށް އޭނާ ހައްގުތައް ދޫކޮށްލުމުގައި ފުލުހުންގެ ފަރާތުން މަޖުބޫރު ކަމެއް އޭނާއަށް ކުރިމަތި ކޮށްފައި ނެތްކަން ސާބިތުކޮށް ދިނުމުގެ ޒިންމާ ފުލުހުންގެ މައްޗަށް އޮންނާނެ އެވެ. ނަމަވެސް އެ މައްސަލާގައި އެކަން ފުލުހުންނަށް ސާބިތުކޮށް ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.
"އެގޮތަށް އެކަން ކުރުމަށް އެއްވެސް ސިފައެއްގައި މުހައްމަދު ސަމާހުގެ މައްޗަށް ކުޑަ ނަމަވެސް ނުފޫޒެއް ނުފޯރުވާކަން ދައްކައި ދިނުމަކީ މި ހާލަތުގައި ފުލުހުންގެ މައްޗަށް އޮތް ޒިންމާ އެކެވެ." ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އިއުތިރާފާ ގުޅޭގޮތުން އެފަދަ އެކަންކަން ކޯޓުތަކުން ބަލަން ޖެހޭނީ ފުލުހުން ފަދަ ތަހުގީގީ އިދާރާތަކުގެ އަތުގައި ގާނޫނީ ގޮތުން އޮންނަ ބޮޑެތި ބާރުތަކާއި ވަސީލަތްތަކާއި އަނެއްކޮޅުން ތުހުމަތު ކުރެވޭ މީހުންނަށް ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގުތައް ބެލެންސް ކުރުމަށްޓަކަ އެވެ. އަދި ގާނޫނީ ގޮތުން އިއުތިރާފެއް ސައްހަ ވަނީ އަމިއްލަ އިހްތިޔާރުގައި އަދި އެއްވެސް މަޖުބޫރު ކަމެއް ނެތި ވެފައިވާ އިއުތިރާފެއް ކަމަށްވާ ނަމަ ކަމަށްވާތީ ކަމަށް ހުކުމުގައިވެ އެވެ.
"ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ލާޒިމް އިޖްރައާތަށް ތަބާނުވެ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަންފާ ޕްރޮސެކިއުޝަނަށް ލިބިގެން ނުވާނެ އެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ހިތްވަރު ވެސް ދެވިގެން ނުވާނެ." އެ ހުކުމުގައިވެ އެވެ.
ޖިނާއީ މައްސަލަތަކުގައި އިއުތިރާފަށް ބިނާކޮށް ކުށް ސާބިތުވުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް ފަސޭހައިން ހޯދެން އޮންނަ އިއުތިރާފަކަށް ބިނާކޮށް ކުށް ސާބިތު ކުރުމުގެ ސަބަބުން ފަހުން ނިކުންނަ ގާނޫނީ މައްސަލަތައް މާ ބޮޑެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމަކީ މިގޮތަށް ހޯދޭ އިއުތިރާފްތަކަށް ފަހު ތުހުމަތަށް އިންކާރުކުރާ ހާލަތްތަކުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނެސްދިން މުހިންމު ނިންމުމެކެވެ.
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
ބަންދުގައި އޮއްވާ މަރާލަންވީއޭ ފުލުހުން ގޮވި: ސަމާހު
ސަމާހު މެރުމަށް ހުކުމްކުރީ ރަނގަޅަށް: ދައުލަތް
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
ހެކިބަސް ދޭން ދެކޮޅު ހަދާނަމަ ވަގުތުން ޖަލަށްލަނީ
ހަނު ހުރުން:އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭނެތަ؟!
ސަމާހު ހިތްހަމަނުޖެހުމުން ވަކީލު މައްސަލައިން ވަކިކޮށްފި