Roadha Mihaaru
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް

މޫސަގެ މަރުގެ ދައުވާ ލިބޭ މީހާ ބަންދު ނުކުރަން ނިންމީ ރަނގަޅަށް: ސުޕްރީމް ކޯޓް

02 ޖުލައި 2024

މީގެ ހަތް އަހަރު ކުރިން މާލޭގައި ހަމަލާދީ، މަރާލި މޫސާ އަހުމަދު މަނިކުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަތް އަހަރު ކުރިން މާލޭގައި ހަމަލާދީ، މަރާލި މޫސާ އަހުމަދު މަނިކުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

ސެޕްޓެމްބަރު 2017 ގައި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކަށް މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓުގައި އޮތުމުން އެ މައްސަލަ ނިމެންދެން ސައްމާހު ބަންދުކުރަން ދައުލަތުން އެދުނެވެ. ނަމަވެސް އޭނާ ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހިނގަމުންދާ މައްސަލައެއްގައި ދައުވާލިބޭ މީހަކު ބަންދު ކުރަންޖެހޭ ސަބަބެއް އޮތްތޯ ކަނޑައެޅުމަކީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. އަދި އޭގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭ ފަދަ އިސްތިސްނާ ހާލަތެއް މި މައްސަލާގައި ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ސައްމާހު: އޭނާ ބަންދު ނުކުރަން ނިންމި ނިންމުން ވަނީ ދަމަހައްޓާފައި

ސައްމާހު: އޭނާ ބަންދު ނުކުރަން ނިންމި ނިންމުން ވަނީ ދަމަހައްޓާފައި

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

ސައްމާހު ބަންދު ނުކުރަން ހައި ކޯޓުން ކުރިން ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ކުރިން ވެސް ހުށަހެޅި އެވެ. އޭރު އެ މައްސަލާގައި ސުޕްރީމް ކޯޓުން އެންގީ ހައި ކޯޓުން އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.