Roadha Mihaaru

ޓޫރިޒަމް ދުވަސް: ރައީސް އެދިވަޑައިގަތީ ދިވެހިންގެ އެކުވެރިކަމާއި ސުލްހަވެރިކަން ދަމަހައްޓަން

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން ބޭނުންވަނީ ދިވެހިންގެ އެކުވެރިކަމާއި ސުލްހަވެރިކަން ދެމެހެއްޓުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމްދުވަސް:"އެކުވެރިކަމާއި ސުލްހަ ދަމަހައްޓަންޖެހޭ"
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 އޮކްޓޯބަރ 2024

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން ބޭނުންވަނީ ދިވެހިންގެ އެކުވެރިކަމާއި ސުލްހަވެރިކަން ދެމެހެއްޓުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދުވަހާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ، ޓޫރިޒަމްގެ ބިންގަލަކީ މިތުރުވެރިކަން ނުވަތަ ރަހުމަތްތެރިކަން ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާން ކަމާއި ރައްކާތެރިކަން ދަމަހައްޓަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 52 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.4 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ އަކީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ވެސް ވަނަ ދާއިރާ އެވެ. މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ރިސޯޓު ކުލީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރާއްޖޭގައި މިވަގުތު 62،000 އެނދު އޮޕަރޭޓް ކުރަމުންދެ އެވެ. އޭގެ ތެރެއިން 43،000 އެނދު ހުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ހުރީ 15،000 އެނދެވެ. މިވަގުތު ރާއްޖޭގައި 182 ރިސޯޓާއި 795 ގެސްޓްހައުސް ހިންގަމުންދެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.