08 އޮކްޓޯބަރ 2024
ގައިދީންނާއި ބަންދުކުރާ މީހުންގެ ބޮލާއި މަތިމަސް/ތުނބުޅި ކޮށުން ނުވަތަ ބޭލުން މަޖުބޫރުނުކޮށް ގައިދީންގެ އިހުތިޔާރީ ކަމެއްގެ ގޮތަށް ގާނޫނާއި ގަވާއިދު ބަދަލުކުރަން އެޗްއާރުސީއެމުން ކަރެކްޝަންސަށް ހުށަހަޅައިފި އެވެ.
ގައިދީންނާއި ބަންދުކުރާ މީހުންގެ ބޮލާއި މަތިމަސް/ތުނބުޅި ކޮށުން ނުވަތަ ބޭލުން މަޖުބޫރުނުކޮށް ގައިދީންގެ އިހުތިޔާރީ ކަމެއްގެ ގޮތަށް ގާނޫނާއި ގަވާއިދު ބަދަލުކުރަން އެޗްއާރުސީއެމުން ކަރެކްޝަންސަށް ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ތަހުގީގުކުރި އެކި މައްސަލަތަކުގައި، ފިރިހެން ގައިދީންގެ ބޯކޮށުމާ ގުޅޭ މައްސަލަތައް ގިނަވުމުން އެޗްއާރުސީއެމުން ވަނީ "ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރާ މީހުންގެ ބޯކޮށުމާ ގުޅޭ ޕޮލިސީ ރިވިއު" ކަރުދާހެއް މިއަދު އާއްމުކޮށްފަ އެވެ.
އޭގައި ބުނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީންގެ ބޯކޮށައި ފިރިހެން ގައިދީންގެ ތުނބުޅި ބޭލުމުގެ އިންތިޒާމު ޖަލުގައި ހަމަޖައްސައިދީފައި ހުންނަންވާނެ ކަމަށް ބަޔާންކުރިއަސް ބޯކޮށުން އެ ގާނޫނޫގައި މަޖުބޫރުނުކުރާ ކަމަށެވެ.
އެކަމަކު، ގައިދީންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން ފިރިހެން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަން ވާނީ ދެ ސެންޓިމީޓަރަށް ވުރެ ތުނިކޮށް ކޮށައި އަދި ތުނބުޅިއާ މަތިމަސް ބަހައްޓަން ޖެހޭނީ ބާލާފައި ނުވަތަ ދެ އިންޗިއަށް ވުރެ ދިގުނުވާ ގޮތަށް ކޮށައިފަ އެވެ.
އެއާ ހިލާފުވާ މީހުންނާ މެދު ޑިސިޕްލިނަރީ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅާކަމަށް އެޗްއާރުސީއެމްގެ ކަރުދާހުގައި ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ ޖަލު ތެރޭގައި އަހުލާގު ބެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ގައިދީންގެ އަމަލުތައް ބެހެއްޓުމަކީ ޖަލު ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު، އެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި ބޯކޮށުމަކީ އަހުލާގީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަޔާން ނުކުރާ ކަމަށެވެ. އެހެންވެ، ގައިދީންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ބޯކޮށުން ހިމަނައި އެއީ ޖަލު ކުށެއް ކަމުގައި ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިގެން ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
- ޕެރޯލަށް ހުށަހަޅާއިރު ޖަލުގައި ގައިދީގެ ސުލޫކު ހުރި ގޮތަށް ރިއާޔަތްކުރާތީ، ސުލޫކީ މިންގަނޑެއްގެ ގޮތުގައި ޖަލުގައި ތިބޭ ފިރިހެނުން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ އިސްތަށިގަނޑު ދެ ސެންޓިމީޓަރަށް ތުނިކޮށް ކޮށާފައި ބެހެއްޓުމަށް ބަޔާންކޮށްފައިވާތީ ޕެރޯލް ނުލިބުމުގެ ފުރުސަތު އޮވޭ.
- ޕެރޯލްގެ ގާނޫނުގެ ދަށުން، ގައިދީންގެ ސުލޫކުގެ މައްޗަށް ބިނާކޮށް އެ މީހުންނަށް އިތުރު އިނާޔަތް ދެވޭނެ ނިޒާމެއް ގާއިމްކުރަންޖެހޭ. ސުލޫކީ މިންގަނޑުގެ ތެރޭގައި ފިރިހެން ގައިދީން ބޮލުގެ އިސްތަށިގަނޑު ދެ ސެންޓިމީޓަރަށް ތުނިކޮށް ކޮށާފައި ބަހައްޓަންޖެހޭނެ ކަމަށް ބުނާތީ، އެ މާއްދާއާ ހިލާފުވުމަކީ ސުލޫކީ މައްސަލައެއް ކަމަށް ބަލާތީ ގައިދީންންނަށް އިތުރު އިނާޔަތްތައް ނުލިބުމުގެ ފުރުސަތު އޮވޭ.
ބޭރުގެ ގައުމުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލައި، އެޗްއާރުސީއެމުން ވަނީ އެ ގަވައިދުތަކަށް އިސްލާހު ގެންނަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި؛
- ބޯކޮށުމަކީ ސާފުތާހިރު ކަމަކަށް ވާތީ ސުލޫކީ މިންގަނޑުގެ ތެރެއިން ބޯކޮށުމާއި ތުނބުޅި ބޭލުން އުނިކުރުން.
- އިސްތަށިގަނޑާއި ތުނބުޅި/މަތިމަސް ކޮށަން އެދުމަކީ ގައިދީން އަމިއްލަ އިހްތިޔާރުގައި ކުރާ ކަމެއް ގޮތަށް ބަދަލުކުރުން.
- ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި/މަތިމަސްކޮށުމަކީ ސާފުތާހިރު ކަމަކަށް ވާތީ، ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި ޕެރޯލްގެ ފުރުސަތު ދިނުމުގައި އަހުލާގީ މިންގަނޑަށް ރިއާޔަތްކުރުން
- ބަލިމަޑުކަމެއްގެ ސަބަބުން ޖަލުގެ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށްޓަކައި ނޫނީ އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހެއްގެ ނުރުހުމުގައި ބޮލާއި ތުނބުޅިއާ މަތިމަސް އެއްވެސް ވަރަކަށް ނުކޮށުން ނުވަތަ ނުބޭލުން
- ސިއްހީ މާހިރެއްގެ ލަފާގެ މަތިން ގައިދީއެއްގެ ބޯކޮށާއިރު އެ މީހެއްގެ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ފަދައިން އެކަން ކުރުމާއި އެގޮތަށް ކުރާއިރު ވެސް ލިޔެކިޔުމުން އޭގެ ރިކޯޑު ބެލެހެއްޓުން.
- އެއްވެސް ގައިދީއެއް ދީނީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުމުގެ ސަބަބުން ބޯކޮށުމަށް ނުވަތަ ތުނބުޅި ބޭލުމަށް އިންކާރު ކުރާ ހާލަތުގައި ބޯކޮށުމަށް ނުވަތަ ތުނބުޅި ބޭލުމަށް މަޖުބޫރު ކުރުމެއް ނެތި އެ ކަންކަމަށް އިހްތިރާމް ކުރުން.
އެޗްއާރުސީއެމުން ވަނީ މިހާރު އަމަލުކުރާ ގާނޫނާއި ގަވައިދު އަދި އުސޫލުތަކުގައި ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަން ހިމަނާފައި އޮތް ގޮތް އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލައި އިސްލާހުކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގައިފަ އެވެ.
ކަރެކްޝަންސްގެ އަމަލުތަކާ މެދު އެޗްއާރުސީއެމް ނުރުހިއްޖެ
އެޗްއާރުސީއެމުން އަމަލުކުރި ގޮތުން މުނާޒް ނުރުހުންވެއްޖެ
ގައިދީން ހަޅުތާލުކުރީ ރައްކާތެރި ފިޔަވަޅުތަކެއް އެޅުމުން
ޖަލު މުވައްޒަފުން އޮރިޔާން ކުރާތީ އެޗްއާރުސީއެމަށް
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
ސްކޭމް ހުއްޓުވާ އެންޓަނާގެ ބޭނުން ނުކުރެވޭ:ކަރެކްޝަންސް
ޖަމީލުގެ މަރުގެ މައްސަލަ އެބަ ބަލަން:އެޗްއާރުސީއެމް
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަލުގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި