ނޭޝަނަލް އާޓް ގެލަރީން ވައްކަން ކުރާ މައްސަލާގައި އެ ތަނުގެ ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
08 އޮކްޓޯބަރ 2024
ނޭޝަނަލް އާޓް ގެލަރީން ވައްކަން ކުރާ މައްސަލާގައި އެ ތަނުގެ ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދިވެހި އާޓިސްޓުންގެ އެގްޒިބިޝަންތައް ބާއްވާ އާޓް ގެލަރީން މިދިޔަ ހުކުރު ދުވަހު ވަނީ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފަ އެވެ. އެއީ އެތަނުގައި ހުރި ކަރަންޓު ކޭބަލްތައް ވަގަށް ނެގި ތިންވަނަ ފަހަރެވެ.
އޭގެ އިތުރުން ފުރާޅަށް އަރައި އޭސީ ތަކުގެ އައުޓްޑޯ ޔުނިޓުތަކެއް ވެސް ވަގަށް ގެންގޮސްފައިވެ އެވެ.
އެ މައްސަލާގައި "މިހާރު"އިން ސުވާލު ކުރުމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އާޓް ގެލަރީން ވައްކަން ކުރާ މައްސަލަތަކެއް މިދިޔަ މަހާއި އޮގަސްޓު މަހު ތެރޭގައި ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން އެތަނުގެ ސެކިއުރިޓީ އެސެސްމަންޓުތަކެއް ހެދުމަށް ފަހު ސީސީޓީވީ ކެމެރާ ހަރުކުރުން ފަދަ ސެކިޔުރިޓީ ވަރުގަދަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާ ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ދިޔަ ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލޭގައި ފުލުހުންނާއި ސިފައިން އެންމެ ގަދަ އަށް ސެކިއުރިޓީ ބަލަހައްޓާ ގްރީން ޒޯން ސަރަހައްދުގައި ހުންނަ އާޓް ގެލަރީން ވައްކަން ކުރާ މައްސަލާގައި ދިވެހި އާޓިސްޓުންގެ ކޮމިއުނިޓީން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
އާޓް ގެލަރީގެ ކޭބަލްތައް ވަގަށް ނަގާތީ އެތަނުގައި އެގްޒިބިޝަން ކުރިޔަށް ދާ ބައެއް ދުވަސްތައް ވެސް ކަރަންޓު ނެތިގެން ބަންދު ކޮށްފައި ބަހައްޓަން ޖެހޭ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ދެ ފިރިހެނުން ވައްކަންކުރަން އަންހެން ހެދުމުގައި!
އެއާޕޯޓުން ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަނީ
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ޓްރާންސްފޯމަރު ވަގުގެ ވަނަވަރު އާންމުކޮށްފި
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ގޭބަންދުގައި ހުރި މީހަކު ވައްކަންކޮށްގެން ހައްޔަރު
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް