މޯލްޑިވިއަން އިން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.
10 އޮކްޓޯބަރ 2024
މޯލްޑިވިއަން އިން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވިދާޅުވީ، ގއ. ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ، އެ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ކަމަށެވެ. އެކަމުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓެއް ގްރަންޑު ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަތުރުތައް ހުއްޓާލީ، އެ ހާލަތުގައި ދަތުރުކުރާ ނަމަ ބޯޓާއި ދަތުރު ކުރާ ފަރާތްތަކުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
"ކޫއްޑޫގައި ވަރަށް ދުވަސްވެއްޖެ، ވެރިފަރާތާ ވެސް މިކަމުގައި ވާހަކަ ދައްކާތާ. ރަންވޭ އާއި އޭޕްރަން ހަލާކުވެފައިވާތީ. އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަންވޭގެ އެ މައްސަލަތައް ހައްލު ކުރިހާ އަވަހަކަށް ދަތުރުތައް ފަށާނެ ކަމަށެވެ.
ކުއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރު އެވެ. އެއަށް ފަހު ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކޮށް އަލުން ކޫއްޑޫ އެއާޕޯޓު ހުޅުވީ 2017 ވަނަ އަހަރު އެވެ.
ތައިލެންޑާއި މެލޭޝިއާ އިން ސޭލްސް އޭޖެންޓުން ހޯދަނީ
މޯލްޑިވިއަންގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން
މޯލްޑިވިއަން އިން ފުނަދޫގެ ދަތުރުތައް މަޑުޖައްސާލައިފި
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
އެއާބަސް ހެދެންދެން ވެސް ބޭރު ދަތުރުތައް ކުރާނެ:އިޔާސް
"އޭޓީއާރްގެ ހަތަރު ބޯޓަށް އެއް ބިލިއަން ހަރަދުވެއްޖެ"
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
ކުރިން ޓިކެޓް ނެގުމުން މޯލްޑިވިއަނުން ބޮޑު ޑިސްކައުންޓް
ކޮޗިން/ޓްރިވެންޑްރަމް ޓިކެޓުން ބޮޑު ޑިސްކައުންޓެއް