ށ. ފުނަދޫގެ އެއާޕޯޓުގެ ފަޔާ ޓްރަކްގެ މައްސަލަ ޖެހުމުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ އެއާޕޯޓަށް މިއަދު ޝެޑިއުލްކުރި ދަތުރު ކެންސަލްކޮށްފި އެވެ.
10 އޮކްޓޯބަރ 2024
ށ. ފުނަދޫގެ އެއާޕޯޓުގެ ފަޔާ ޓްރަކްގެ މައްސަލަ ޖެހުމުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ އެއާޕޯޓަށް މިއަދު ޝެޑިއުލްކުރި ދަތުރު ކެންސަލްކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ ދަތުރު ކެންސަލް ކުރަން ޖެހުނީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި ދަތުރުތައް ކެންސަލް ކުރީ އެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެފައި އޮތުމުންނެވެ.
މޯލްޑިވިއަން އިން ފުނަދޫއަށް ދަތުރު ކުރަނީ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަސް އަދި ހޮނިހިރު ދުވަހު އެވެ.
މޯލްޑިވިއަން އިން ބުނީ، އެ މައްސަލަ ހައްލު ވީހާ އަވަހަށް ދަތުރުތައް ފަށާނެ ކަމަށެވެ.
ށ. ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު އެވެ. ރީޖަނަލް އެއާޕޯޓްސް އިން ހިންގާ އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
ތައިލެންޑާއި މެލޭޝިއާ އިން ސޭލްސް އޭޖެންޓުން ހޯދަނީ
މޯލްޑިވިއަންގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި
ކޫއްޑޫއަށް މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލަނީ
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
އެއާބަސް ހެދެންދެން ވެސް ބޭރު ދަތުރުތައް ކުރާނެ:އިޔާސް
"އޭޓީއާރްގެ ހަތަރު ބޯޓަށް އެއް ބިލިއަން ހަރަދުވެއްޖެ"
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
ކުރިން ޓިކެޓް ނެގުމުން މޯލްޑިވިއަނުން ބޮޑު ޑިސްކައުންޓް
ކޮޗިން/ޓްރިވެންޑްރަމް ޓިކެޓުން ބޮޑު ޑިސްކައުންޓެއް
ސީރިއާ-ތުރުކީއަށް އެހީވާން އައިއޭއެސް އިން ފަންޑެއް