14 އޮކްޓޯބަރ 2024
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިސްލާހު ހުށަހަޅުއްވަނީ ގެމަނަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަސަދުﷲ ޝިހާބެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ ފުރަތަމަ ކިޔުން ވަނީ އެޖެންޑާ ކޮށްފަ އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ގެންނަ ބަދަލާ އެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ކަނޑައަޅާފައިވާ އަގަކަށް ބަދަލެއް ނުގެންނާނެ އެވެ. އެހެންވެ، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން މިހާރު ވެސް ނަގާނީ ކޮންމެ ފަސިންޖަރަކަށް ޑިޕާޗާ ޓެކްސް އަށް 12 ޑޮލަރާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 12 ޑޮލަރެވެ.
ނަމަވެސް އެ ދެ ފީގެ ގޮތުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ގާނޫނަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްވުމުން ދެން ނަގަން ފަށާނީ 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރެވެ. އެއީ 65 ޕަސެންޓު އިތުރުވުމެކެވެ.
ގާނޫނަށް ގެންނަ އިސްލާހު މަޖިލިހުން ފާސްވެއްޖެ ނަމަ، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނީ 120 ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ އިތުރުވުމެކެވެ. އިސްލާހު ފާސްވެއްޖެ ނަމަ، ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން ނަގާނީ 240 ޑޮލަރެވެ. އެއީ 165 ޕަސެންޓުގެ އިތުރުވުމެކެވެ. އޭގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.
- އިކޮނޮމީ ކްލާސް (ބިދޭސީން):
ކުރިން: 30 ޑޮލަރު
ބޮޑުކުރާ ރޭޓް: 50 ޑޮލަރު
- ބިޒްނަސް ކްލާސް (ދިވެހިންނާއި ބިދޭސީންނަށް)
ކުރިން: 60 ޑޮލަރު
ބޮޑުކުރާ ރޭޓް: 120 ޑޮލަރު
- ފަސްޓް ކްލާސް (ދިވެހިންނާއި ބިދޭސީންނަށް)
ކުރިން: 90 ޑޮލަރު
ބޮޑުކުރާ ރޭޓް: 240 ޑޮލަރު
- ޕްރައިވެޓް ޖެޓް (ދިވެހިންނާއި ބިދޭސީންނަށް)
ކުރިން: 120 ޑޮލަރު
ބޮޑުކުރާ ރޭޓް: 480 ޑޮލަރު
މި އަދަދުތަކާ އެއްގޮތަށް ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ވެސް ނަގާނެ އެވެ. އޭގެ ތެރެއިން ޑިޕާޗާ ޓެކްސް އަށް ލިބޭ ޑޮލަރުން ރިޒާވް އިތުރުވާނެ އެވެ. އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަށް އިތުރުވާ އަދަދު ޖަމާކުރާނީ މިހާރެކޭ އެއްގޮތަށް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށެވެ.
ސަރުކާރުން އެ އިސްލާހަށް އަމަލު ކުރަން ހުށަހަޅާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. މި ގެންނަ ބަދަލާ އެކު ޖުމްލަ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 400 މިލިއަން
އޭޕްރީލް މަހުގެ އާމްދަނީ 65 ޕަސެންޓު ދަށަށް
އެންމެ ބޮޑު ފައިދާއެެއް ލިބުނީ ވިޔަފާރީގެ ޓެކްސްއިން
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
ފައިސާ ނުދެއްކުމުން މަޝްރޫއުތަކަށް ހުރަސް އެޅޭ
ދައުލަތުގެ ހަރަދަށް ވުރެ އާމްދަނީ ކުޑަކޮށް އިތުރުވެއްޖެ
އާމްދަނީ ހޯދަން ހިމެނި ގިނަ ކަންކަން ބިލާހަކަށް!
ޖުލައިގެ ނިޔަލަށް 12 ބިލިއަން ރުފިޔާ ދައުލަތަށް!