Roadha Mihaaru
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް

އިންޑިއާގެ ގޯއެއާ އިން ދިވެހި ދައުލަތަށް 3.5 މިލިއަން ޑޮލަރު ހުކުމްކޮށްފި

09 ޖޫން 2024

ރާއްޖެއަށް ކުރިން ދަތުރުކުރި އިންޑިއާގެ "ގޯއެއާ" އިން ދިވެހި ދައުލަތަށް 3.5 މިލިއަން ޑޮލަރު (53 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް ކުރިން ދަތުރުކުރި އިންޑިއާގެ "ގޯއެއާ" އިން ދިވެހި ދައުލަތަށް 3.5 މިލިއަން ޑޮލަރު (53 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ގޯ އެއާގެ މައްޗަށް އެ ހުކުމް އައީ އޭޕްރީލް، 2022 އިން ފެށިގެން މާޗް، 2023 އާ ހަމައަށް އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމުގައިވަނީ މީރާއިން ހޯދުމަށް އެދިފައިވާ 3.5 މިލިއަން ޑޮލަރަކީ ގޯއެއާއިން ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާތީ އެއް މަސް ތެރޭގައި އެ ފައިސާ ދައްކަން އެ އެއާލައިންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އެ ހުކުމްކުރީ އެ އެއާލައިންގެ ޣައިރު ހާޒިރުގަ އެވެ.

ގޯއެއާއިން ރާއްޖެއަށް ދަތުރުތައް ފެށި ނަމަވެސް މާލީ ދަތިތަކާ ހެދި އެ ކުންފުނިން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ވަނީ ރާއްޖެއަށް ދަތުރުކުރުން ހުއްޓާލައިފަ އެވެ. އޭރު އެ އެއާލައިނުން ވަނީ ރާއްޖެ އާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީގެ އިތުރުން ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ކޮށްފަ އެވެ.