03 މާޗް 2017
ވޮޝިންޓަން (މާޗް 3) - ރަޝިޔާއާ ގުޅުންތަކެއް ބޭއްވިކަން ފަޅާއެރުމާ ގުޅިގެން އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް އަކީ ތެދުވެރިއެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (މާޗް 3) - ރަޝިޔާއާ ގުޅުންތަކެއް ބޭއްވިކަން ފަޅާއެރުމާ ގުޅިގެން އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް އަކީ ތެދުވެރިއެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ބުނެފައި ވަނީ މަގާމަށް ހަމަޖެއްސުމަށް ސެނެޓުގައި ސުވާލުތައް ކުރިއިރު ސެޝަންސް ވަރަށް ބޮޑަށް އޮޅުވާލައްވާފައިވާ ކަމަށާއި މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ވެސް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެހެންވެ އޭނާ އަކީ މިހާރު އިތުބާރު ހިފޭ ބޭފުޅެއް ނޫން ކަމަށް ދަނީ ބުނަމުންނެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ ރަޝިޔާ ސަފީރު ސާގީ ކިސްލިޔަކްއާ ސެޝަންސް ބައްދަލުކޮށްފައި ވަނީ ސެނެޓުގެ އާމްޑް ސާވިސަސްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ގާތްގަނޑަކަށް 25 ސަފީރުންނާ އަހަރު ދުވަހު ތެރޭ ބައްދަލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެޓާނީ ޖެނެރަލްގެ މަގާމު ކަށަވަރު ކުރުމުގެ ކުރިން ސެނެޓުގައި ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި ރަޝިޔާގެ އޮފިޝަލުންނާ ގުޅުން ބޭއްވިކަމަށް ސެޝަންސް ވިދާޅުވެފައެއް ނުވެ އެވެ. ޓްރަމްޕުގެ ކެމްޕޭން ޓީމުގެ އެއްވެސް މެންބަރަކު ރަޝިޔާއާ ގުޅުން ބޭއްވިކަން ހެއްކާ އެކު ފަޅާއަރައިފި ނަމަ ކަންތައް ކުރައްވާނީ ކޮން ގޮތަކަށްތޯ ޝެޝަންއާ ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ "އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާ އަށް ނޭނގޭ" ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ސެޝަންސްގެ ޖަވާބު އެއަށް ވުރެ ސީދާކޮށް ވިދާޅުވެވޭނެ ކަމަށާއި އެކަމަކު އެއީ ގަސްދުގައި ކުރައްވާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ނާޖާއިޒް ފައިދާ ނެގުމަށް ޑިމޮކްރެޓިކުން މަސައްކަތް ކުރަމުންދާ ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ރަޝިޔާ އިން ހެކްކޮށްފައިވާ ކަމަށް ބުނަމުންދާ އިރު ޓްރަމްޕް ސަރުކާރުގެ އިސް ބޭފުޅުން ރަޝިޔާގެ އޮފިޝަލުންނާ ބައްދަލުކޮށްފައިވާކަން ފަޅާ އަރަމުންދާ ވަރަކަށް ސަރުކާރަށް ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ. މިފަދަ ޚަބަރުތައް ފަތުރާ މީޑިއާތަކަށް ޓްރަމްޕް ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި އެއީ "ފޭކް ނިއުސް" ފަތުރާ ބައެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރަޝިޔާއާ ދެކޮޅަށް ރައީސް އޮބާމާގެ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރަޝިޔާއާ ސަފީރާ އެކު މަޝްވަރާކުރިކަން ފަޅާ އެރުމާ ގުޅިގެން ޓްރަމްޕުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލައިން މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވެސް ކުރިން ވިދާޅުވެފައި ވަނީ ރަޝިޔާގެ އޮފިޝަލުންނާ ގުޅުމެއް ނުބާއްވާ ކަމަށެވެ. ރަޝިޔާގެ އޮފިޝަލުންނާ މުއާމަލާތް ކުރި އިރު ފްލައިން އަކީ އެމެރިކާ ސަރުކާރުގައި ހިމެނޭ މީހެއް ނޫނެވެ. އަމިއްލަ ހައިސިއްޔަތުން ޑިޕްލޮމެޓިކް މަސައްކަތް ކުރުމަކީ އެމެރިކާގައި މަނާ ކަމެކެވެ.
"އެންމެ ބޮޑު ގޯހަކީ ޖެފް ސެޝަންސްއަށް މަގާމު ދިނުން"
އެޓާނީ ޖެނެރަލް ރަޝިޔާ ސަފީރާ ބައްދަލުކުރިކަމަށް ބުނެފި
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް
ޓްރަމްޕް ކާމިޔާބީ އިއުލާނުކުރައްވައިފި!
ފުރަތަމަ ލިބުނު ނަތީޖާތަކުން ޓްރަމްޕް ކުރީގައި
"ބަލި ގަބޫލުކުރާނީ އިންސާފުވެރި އިންތިހާބެއް ނަމަ"
އެމެރިކާގައި މި ވޯޓު ލަނީ ރިޔާސީ ކެންޑިޑޭޓަކަށް ނޫން
އެމެރިކާގެ އިންތިހާބު: ކުރިއަށްދާ ގޮތާއި ލަފާތައް