ފުލުހުން ހިފެހެއްޓި ވެކްސިނާ ގުޅޭ ފޮތްތަކާއި ލިޔުންތަކެއް އޭގެ ވެރިފަރާތާ ހަވާލުކުރަން ސިވިލް ކޯޓުން އެންގި އަމުރަކަށް އަމަލުކުރަން ފަސްކުރަން ހައި ކޯޓުން އަންގައިފި އެވެ.
14 އޮކްޓޯބަރ 2024
ފުލުހުން ހިފެހެއްޓި ވެކްސިނާ ގުޅޭ ފޮތްތަކާއި ލިޔުންތަކެއް އޭގެ ވެރިފަރާތާ ހަވާލުކުރަން ސިވިލް ކޯޓުން އެންގި އަމުރަކަށް އަމަލުކުރަން ފަސްކުރަން ހައި ކޯޓުން އަންގައިފި އެވެ.
ޝިފާން އަހުމަދު ނަމަކަށް ކިޔާ މީހަކު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް ގެނައީ ވެކްސިނާ ގުޅޭ ދެ ފޮތަކާއި ލިޔުންތަކެކެވެ. އެނގިފައިވާ ގޮތުގައި އެއީ ކުޑަކުދިންނަށް ދޭ ވެކްސިންތަކާ ދެކޮޅު ވާހަކަތަކެއް ހުރި ފޮތްތަކެވެ. ފުލުހުން އެ ތަކެތި ހިފެހެއްޓީ އެހެންވެ އެވެ.
ޝިފާން ވަނީ އެ ފޮތްތައް ހޯދަން ސިވިލް ކޯޓަށް ދައުލަތާ ދެކޮޅަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލާގައި އެ ކޯޓުން ކުރި ހުކުމްގައި ބުނީ، ފޮތާއި ލިޔުންތައް ޝިފާން އަށް ދޫނުކޮށް، ފުލުހުން އެ ހިފެހެއްޓީ ގާނޫނާ އެއްގޮތަށް ކަން ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންވެ، އެ ތަކެތި ޝިފާންއާ ހަވާލުކުރަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ނެރުނެވެ. ނަމަވެސް، މި އަމުރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް، އަމުރު އަމަލު ކުރަން ފަސްކޮށްދޭން ދައުލަތުން ވަނީ އެދިފަ އެވެ.
އެގޮތަށް ދައުލަތުން އެދުނު ސަބަބެއް ކަމަށް ބުނެފައިވަނީ ޝިފާން ރާއްޖެ އެތެރެކުރި ލިޔުންތައް މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް ދައުލަތަށް މަޖުބޫރުވުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ މައްޗަށް އޮތް ޒިންމާ އަދާކުރަން ހުރަސްއެޅޭނެ ކަމެއް ކަމަށެވެ. އެ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގުސަދު ނަފީވެ، އާންމު މަސްލަހަތާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އޮތް ހުރަހެއް ކަމަށް ވެސް ދައުލަތުން ދެކެ އެވެ.
މި މައްސަލާގައި މިދިޔަ ބުރާސްފަތި ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އިސްތިއުނާފު ކޮށްފައިވާ މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އަމުރު ތަންފީޒުކޮށްފި ނަމަ މައްސަލާގައި ހައި ކޯޓުން ކުރާ ހުކުމްގެ މަގުސަދު ހާސިލް ނުވެދާނެ ހާލަތެއް މެދުވެރިވުމުގެ އިހުތިމާލު އޮންނާނެ ކަމަށެވެ. އެހެންވެ، އެންމެ ރައްކާތެރި ގޮތަކީ މި ހިނދަށް ހުކުމް ތަންފީޒު ކުރުން ފަސްކުރުން ކަމަށް ހައި ކޯޓުން ނިންމި އެވެ.
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ބަލައިނުގަތް
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ޖިހާދުގެ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓް
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައިކޯޓަށް
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު
ޖިހާދުގެ މައްސަލަ ހައި ކޯޓުން އެންމެފަހުން ބަލައިގެންފި