ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރަން ބީއެމްއެލް އިން ތައާރަފް ކޮށްފައިވާ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
15 އޮކްޓޯބަރ 2024
ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރަން ބީއެމްއެލް އިން ތައާރަފް ކޮށްފައިވާ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ މި ސްކޮލަޝިޕް ފަންޑަށް އެދި ބޭންކުން އެ ފުރުސަތު ހުޅުވާލާ ތިން ވަނަ އަހަރެވެ.
މި ސްކޮލަޝިޕްގެ ދަށުން ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން ކިޔެވޭނެ އެވެ. އެގޮތުން އެކައުންޓިން އާއި ފައިނޭންޝަލް ޓެކްނޮލަޖީ އާއި ފައިނޭންޝަލް އިންޖިނިއަރިން އާއި ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން ޑިގްރީ ހެދޭނެ އެވެ.
މިއަހަރު ވެސް ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތިން ކުއްޖަކަށް ބޭންކުން ދީފައިވެ އެވެ. ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ އާއި މަހުން މަހަށް ހިނގާނެ ހަރަދުގެ އިތުރުން ވިސާ ފީ އަދި ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް ސްކޮލަޝޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިވަގުތު ހަ ކުއްޖަކު އަންނަނީ ކިޔަވަމުންނެވެ.
އެ ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީއެމްއެލްއަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ އެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެނީ
ބީއެމްއެލް މާސްޓަކާޑު ބޭނުންކޮށްގެން ލަންކާ ފެޝަން ވީކަށް
އަންގާރައިން ފެށިގެން 5 ދުވަހަށް ބީއެމްއެލް ބަންދު
ބީއެމްއެލް ސްކޮލަޝިޕް ފަންޑް ތިން މީހަކަށް ދީފި
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި