އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ ރާއްޖެ އަށް ހޯދޭނެ ގޮތްތަކެއް އެކުލެވޭ މާސްޓަ ޕްލޭނެއް އެކުލަވައިލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
17 އޮކްޓޯބަރ 2024
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ ރާއްޖެ އަށް ހޯދޭނެ ގޮތްތަކެއް އެކުލެވޭ މާސްޓަ ޕްލޭނެއް އެކުލަވައިލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ، މާސްޓަ ޕްލޭން އެކުލަވައިލާނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާއި އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި އެ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ރާއްޖޭގައި އަމަލުކުރާނެ ގާނޫނީ ފްރޭމްވޯކެއް ހިމެނޭ ގޮތަށް ކަމަށެވެ.
އެކަމުގައި ސަރަހައްދީ ގައުމުތަކުން ވެސް އަމަލުކުރަމުންދާ ގޮތްތައް ބަލައި މާސްޓަ ޕްލޭން އެކުލަވައިލެއްވުމަށް ރައީސް ނިންމަވާފައި ވަނީ އިއްޔެ ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަ ޕްލޭނެއް އެކުލަވައިލުމަށް ފަހު، އެކަމާ ގުޅޭ ކަރުދާސްތައް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްެރީން މަޖިލީހަށް ހުށަހެޅުމަށް ކެބިނެޓްގެ އިއްޔެ ބައްދަލުވުމުގައި ކަނޑައަޅުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭ މާސްޓަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ސަރުކާރުން އަމާޒު ހިފާފައި ހުރީ ޑިޖިޓަލް އިގްތިސާދު ފުޅާކޮށް 2030 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ހިއްސާކުރާ ދާއިރާއަކަށް ހެދުމަށެވެ.
މި ފަހުން ރައީސް މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި، ގޫގުލް އޮފީހަށް ޒިޔާރާތް ކުރައްވައި އެ ތަނުގެ އިސްވެރިންނާ އެކު ކުރެއްވި މަޝްވަރާތަކުގައި ވެސް ވަނީ ޕަބްލިކް ސާވިސް ޑެލިވަރީގެ ނިޒާމަށް އާޓިފިޝަލް އިންޓެލިޖެންސް ތައާރަފު ކުރުމާއި ޑިޖިޓަލް ލިޓްރެސީ އިޝްތިހާރު ކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ޑޭޓާ ޑްރައިވް ސޮލިއުޝަންތަކާ ގުޅޭ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ.
އދ. ގައި ކުރިއަށް ގެންދިޔަ "ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ގައި ވެސް ރައީސް ވަނީ ރާއްޖެ އިން ޑިޖިޓަލް އިގްތިސާދެއް އުފެއްދުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމާއި އެކަން ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ވެސް ހިއްސާ ކުރައްވައިފަ އެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ރާއްޖޭގައި ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމާއި އެ ދާއިރާ އަށް އިންޑިއާގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯއްދަވަން މަސައްކަތްޕުޅު ކުރައްވައިފަ އެވެ.
ޔޫޕީއައި ތައާރަފުކުރަން ކޮންސޯޓިއަމެއް ގާއިމުކުރަނީ
މަތީތައުލީމް ލޯނުގެ 50 ޕަސެންޓް ޓެކްނިކަލް ދާއިރާއަށް
ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި
ޓޫރިޒަމާއި ތިމާވެށި އެއްކޮށްލުން: ރަނގަޅު ނިންމުމެއް؟
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"
ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގު
"ރަށްރަށަށް ވަޒީރުން ގެންދަނީ އަވަހަށް ނަތީޖާ ނެރެން"
"އިލްމީގޮތުން ވަކިވަކި ފަރުދުން ބާރުވެރިކުރުވަން ޖެހޭ"