ހޭންޑްބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ އަންވަރު މަގާމުން ވަކިކޮށްފި އެވެ.
20 އޮކްޓޯބަރ 2024
ހޭންޑްބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ އަންވަރު މަގާމުން ވަކިކޮށްފި އެވެ.
އެ އެސޯސިއޭޝަންގެ ސީނިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަންވަރު މަގާމުން ވަކި ކުރީ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.
އަންވަރަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ އަށް ގުޅުމުން ފޯނު ނެގިނަމަވެސް ޖަވާބެއް ނުދެއްވާ، ފޯނު ކަނޑާލީ އެވެ. ފަހުން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިފައި ވަނީ އެޑްވާންސްކޮށް މުސާރަ ނެގި މައްސަލަ އެވެ. ނުވަ މަސްތެރޭ ބޮޑެތި އަދަދުތަކުން އެސޯސިއޭޝަންގެ ފައިސާ އޭނާ ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވެ އެވެ.
ހޭންޑްބޯޅައިގެ އޮފިޝަލް ވިދާޅުވީ އޭނާގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުންދާ ކަމަށެވެ.
"އެ މައްސަލަ އަޅުގަނޑުމެންނަށް ފާހަގަވި ހިސާބުން މަގާމުން ވަކިކުރަން ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާގެ މައްސަލަ ރާއްޖޭގެ އެހެން އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހޭންޑްބޯޅަ އެސޯސިއޭޝަނަކީ، ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުން ބޭއްވި ސްޕޯޓްސް އެވޯޑްގައި އަހަރުގެ އެސޯސިއޭޝަންގެ އެވޯޑް ލިބުނު އެސޯސިއޭޝަނެވެ.
ލަންކާ ބަލިކޮށް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދައިފި
ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން ތިންވަނަ ހޯދައިފި
ފައިނަލަށް ނުދެވި ރާއްޖޭގެ ތިންވަނަ ހޮވާ މެޗަށް
އިންޑިއާ ބަލިކޮށް ރާއްޖޭން ތިންވަނަ ހޯދައި ސެމީއަށް
ރާއްޖޭން ލަންކާ އާއި ދެކުނު އެފްރިކާގެ މައްޗަށް މޮޅު
ހޭންޑްބޯޅަ ގައުމީ ޓީމުން ޔަޝްމު "ވަކިކޮށްފި"
އީޝަލް: ކިޔެވުމުގައި ވިދަމުން، ކުޅިވަރުގައި ފިޔަޖަމުން
ހޭންޑްބޯޅަ:ގައުމީ ޗެމްޕިއަން ޖީބީ އާއި ރެޑްހޯކްސް
ޝަރަފުވެރި އެވޯޑް ދިން އިރު ވެސް އޮތީ ހިޔާނާތް!
ހޭންޑްބޯޅައިގެ ރައީސް އާއި ޖީއެސްގެ މައްސަލަ އޭސީސީއަށް