ރާއްޖޭގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ލީގުބުރުގެ ފަހު މެޗުގެ އިންޑިއާ ބަލިކޮށް ދިވެހި ޓީމުން ތިންވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
21 ސެޕްޓެމްބަރ 2025
ރާއްޖޭގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ލީގުބުރުގެ ފަހު މެޗުގެ އިންޑިއާ ބަލިކޮށް ދިވެހި ޓީމުން ތިންވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އިންޑިއާ އާއި ރާއްޖޭގެ އިތުރުން މުބާރާތުގައި ދެން ވާދަކުރީ ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ދެކުނު އެފްރިކާ އެވެ.
ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖޭޏް ކުޅުނު މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ރާއްޖޭން މެޗު ކާމިޔާބު ކުރީ 22-20 އަދި 22-19 އިންނެވެ.
ކުޅުދުއްފުށީގައި ކުރިއަށްދާ މުބާރާތުގެ ލީގުބުރުގައި ރާއްޖޭން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި އެވެ. އެއީ ރޭ އިންޑިއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާގެ މައްޗަށް ހޯދި މޮޅާއި މިދޔަ ބުރާސްފަތި ހުކުރު ދުވަހު، ދެކުނު އެފްރިކާގެ މައްޗަށް ހޯދި ކާމިޔާބެވެ.
ރާއްޖެ ބަލިވީ ޕާކިސްތާން އަދި ބަންގްލަދޭޝް އަތުންނެވެ.
އިންޑިއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ސަޕޯޓް ދެނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ލީގު ބުރުގެ އެއްވަނަ ހޯދީ، ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވި ޕާކިސްތާނެވެ. ދެވަނަ ލަންކާ އަށެވެ. ހަތަރުވަނަ ހޯދީ ބަންގްލަދޭޝް އެވެ.
ސެމީން ފުރުސަތު ނުލިބުނީ އިންޑިއާ އާއި ދެކުނު އެފްރިކާ އަށެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:15 ގައި ފަށާ މެޗުގައި ވާދަކުރާނީ ޕާކިސްތާނާއި ބަންގަލަދޭޝް އެވެ. ރާއްޖޭން ލަންކާއާ ދެކޮޅަށް ކުޅޭ ސެމީގެ މެޗު ފަށާނީ 5:15 ގަ އެވެ.
ސެމީން ފުރުސަތު ނުލިބުނަސް ރޭންކިން މެޗެއްގައި އިންޑިއާ އާއި ދެކުނު އެފްރިކާއިން ވާދަ ކުރާނެ އެވެ.
އެ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. އަދި ހަމަ ސެމީން ބަލިވާ ދެ ޓީމުގެ މެދުގައި، ތިންވަނަ ހޮވާ މެޗު ވެސް މާދަމާ ކުޅޭނެ އެވެ.
ފައިނަލު މެޗު އޮންނާނީ މާދަމާ ރޭ ގަ އެވެ.
ރާއްޖޭން ލަންކާ އާއި ދެކުނު އެފްރިކާގެ މައްޗަށް މޮޅު
ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން ތިންވަނަ ހޯދައިފި
ފައިނަލަށް ނުދެވި ރާއްޖޭގެ ތިންވަނަ ހޮވާ މެޗަށް
ޕީވީއާރް އިން ސިނަމާއެއް ހަދަން ބޭނުންވަނީ ރާއްޖޭގައި
ތިލަމާލެ ބްރިޖްގައި އެންމެ އުސް ޕްރީކާސްޓް ބަހައްޓައިފި
ރާއްޖެ-މުމްބާއީ ފްލައިޓެއްގައި 3.7 މިލިއަނުގެ ރަން
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ސްޕެޝަލް އޮލިމްޕިކްސް؛ ރާއްޖޭން އިންޑިއާ ބަލިކޮށްފި
ޑިފެންސް ޗީފް، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި
މުހިއްމު ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވޭ