25 އޮކްޓޯބަރ 2024
ތިންވަނަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް، މާލޭ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ ފަށައިފި އެވެ.
ތިންވަނަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް، މާލޭ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ ފަށައިފި އެވެ.
ތިން އުމުރުފުރާއަށް ބަހާލައިގެން ކުރިއަަށް ގެންދާ މުބާރާތުގައި އިއްޔެ ވަނީ 18 އަހަރާއި 16 އަހަރު އަދި 14 އަހަރުގެ ކެޓަގަރީން ވެސް ފުރަތަމަ ބުރުގެ ހީޓްތައް ކުރިއަށް ގެންގޮސްފަ އެވެ.
ސާދަ އަހަރުން ދަށުގެ އުމުރުފުރާގައި އަށް އެތުލީޓުން ބައިވެރިވެފައިވެ އެވެ. ފުރަތަމަ ބުރުގައި ދެ ހީޓު ކުރިއަށް ގެންދިޔައިރު، އެއް ވަނަ ހީޓު ކާމިޔާބު ކުރީ 11 ޕޮއިންޓް ހޯދި ޔަސީން އަހުމަދު ނާޝިދެވެ. އަދި ދެ ވަނައަށް ދިޔަ އަހުމަދު ރަފާން ރައޫފް ވަނީ 4.33 ޕޮއިންޓް ހޯދައިފަ އެވެ.
ދެ ވަނަ ހީޓުގެ އެއްވަނަ ހޯދި ނޫހް މުހައްމަދު ދުނެއިމް އިރުޝާދު ވަނީ 6.73 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އަދި ދެ ވަނަ ހޯދި އަހުމަދު އާލް އާދިލް އަށް ލިބުނީ 3.80 ޕޮއިންޓެވެ.
ކޮންމެ ހީޓަކުން ވެސް އެއް ވަނަ އަދި ދެ ވަނަ ހޯދި އެތުލީޓުން ކުއާޓާ ފައިނަލަށް ހޮވިފައި ވާއިރު، ހީޓުތަގެ ގަދަ ދޭއްގައި ނުހިމެނޭ މުހައްމަދު އާހިލް އިބްރާޙިމް އާއި ޝާރިފް ޝާއިރު އަދި ޝަމީން ޝަރުމީލް ނަސީރު އާއި ހުސެއިން އަޒާން އިސްމާއިލް، ދެވަނަ ބުރުގެ ހީޓުގައި ވާދަ ކުރާނެ އެވެ.
އެންމެ ގިނަ އެތުލީޓުން ވާދަ ކުރަނީ 16 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ. މި އުމުރުފުރާގެ ފުރަތަމަ ބުރުގައި ހަތަރު ހީޓެއް ކުރިއަށް ގެންދިޔަ އެވެ.
މި ބައިގެ ފުރަތަމަ ހީޓުގައި 10.50 ޕޮއިންޓާއެކު އެއް ވަނަ ހޯދީ ޔަސީން އެވެ. ދެ ވަނަ ހީޓު ކާމިޔާބު ކުރި މުހައްމަދު އިނާން އަބްދުލް ހަންނާން ވަނީ 13 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ތިން ވަނަ ހީޓު ކާމިޔާބު ކުރީ 13.66 ޕޮއިންޓް ހޯދި ކަޔާން އަބްދުﷲ އަރީފް އެވެ. އަދި ފަހު ހީޓު ކާމިޔާބު ކުރި ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ 8.23 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ދިހަ އެތުލީޓުން ބައިވެރިވި 18 އަހަރުން ދަށުގެ ކެޓެގަރީގެ ފުރަތަމަ ހީޓުގައި އަހުމަދު ރަޖުވާން އިބްރާހިމާއި އަހުމަދު އަރޫން މުހައްމަދާ ވާދަކޮށް އެއް ވަނަ ހޯދީ 11.50 ޕޮއިންޓް ސްކޯ ކުރި ސައްޔިދު ސަލާހުއްދީން އެވެ. ކަޔާން ޒަކީ އާއި އައިކް އަލީ އަދި އިރާފް އަލީއާ ވާދަކޮށް ކަޔާން އަރީފް އެއް ވަނަ ހޯދީ 12.83 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އަދި އިނާން އާއި ވިޔާޝް އަހުމަދާ ވާދަކޮށް ތިން ވަނަ ހީޓް ކާމިޔާބު ކުރީ އަހުމަދު ލުޒެއިން އެވެ. އޭނާ ވަނީ 9.57 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ޖޫނިއާ ޗެމްޕިއަންކަން އިނާނާއި ޔަސީން އަދި ކަޔާނަށް
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
ސާފިން ޖޫނިއާ ރޭންކިންގައި ރާއްޖެ އަށް އޭޝިއާގެ ދެވަނަ
ޗެމްޕިއަންކަން އިންޑޮނޭޝިއާ އާއި ޖަޕާނު ސާފަރުންނަށް
ފައިނަލަށް ނުދެވުނަސް ކަޔާން ދައްކައި ދިނީ އުންމީދު
އޭޝިއަން ޗެމްޕިއަންޝިޕުގެ ސެމީން ކަޔާން ޖާގަ ހޯދައިފި
އޭޝިއަންގޭމްސްގެ ސާފިންއިން ފިރިހެން ޖާގައެއް ރާއްޖެއަށް
ދިވެހި ޖޫނިއާ ސާފަރުން ފުރަތަމަ ފަހަރަށް ކުއާޓާ އަށް