27 އޮކްޓޯބަރ 2024
މިއަހަރުގެ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހަންނާނާއި ޔަސީން އަހުމަދު ނާޝިދު އަދި ކަޔާން އަބްދުﷲ އަރީފް ހޯދައިފި އެވެ.
މިއަހަރުގެ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހަންނާނާއި ޔަސީން އަހުމަދު ނާޝިދު އަދި ކަޔާން އަބްދުﷲ އަރީފް ހޯދައިފި އެވެ.
ތިން އުމުރުފުރާއަކަށް ކުރިއަށް ގެންދާ މުބާރާތުގައި ޔަސީން ވަނީ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ. ސޯޅަ އަހަރުން ދަށުގެ ޗެމްޕިއަންކަން ކަޔާން ހޯދި އިރު، އިނާން ވަނީ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޔަސީން ޗެމްޕިއަންކަން ހޯދީ މިއަދު އޮތް ފައިނަލް ހީޓުގައި ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް 9.83 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ނޫހް އަށް ލިބުނީ 6.57 ޕޮއިންޓެވެ. ސެމީ ފައިނަލް ހީޓުގައި ޔަސީން ވާދަކުރީ އަހުމަދު ރަފާން ރައޫފް އާއެވެ. އަދި ނޫހް ވަނީ ސެމީގައި ހުސެއިން އަޒާން އިސްމާއިލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ކަޔާން، 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި، މިދިޔަ އަހަރު މި އުމުރުފުރާގެ ވެސް ޗެމްޕިއަންކަން ހޯދި ޔަސީންއާ ވާދަކޮށް 11.33 ޕޮއިންޓް ހޯދައިގެންނެވެ. ޔަސީން ވަނީ ފައިނަލް ހީޓުގައި 7.24 ޕޮއިންޓް ހޯދައިފަ އެވެ.
ކަޔާން ފައިނަލުން ފުރުސަތު ހޯދީ ވާދަވެރި ސެމީ ފައިނަލްގައި އިނާން އާ ވާދަކޮށް 7.0 ޕޮއިންޓް ހޯދައިގެން 0.1 ޕޮއިންޓްގެ ފަރަގަކުން ކުރި ހޯދައިގެންނެވެ.
ޔަސީން ފައިނަލަށް ދިޔައީ ސެމީގައި ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވާދަކޮށް 12 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އަދި އޭނާ ކުއާޓާ ފައިނަލް ހީޓު ކާމިޔާބުކުރީ 15 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. މިއީ މިއަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕްގައި އެތުލީޓަކު ހޯދި އެންމެ މަތީ ސްކޯ އެވެ.
އަށާރަ އަހަރުން ދަށުގެ ފައިނަލް ހީޓުގައި އިނާން ޗެމްޕިއަންކަން ހޯދީ، ޔޫސުފް ކަޔާންއާ ވާދަކޮށް 10.17 ޕޮއިންޓް ހޯދައިގެންނެވެ. މިދިޔަ އަހަރުގެ މި އުމުރުފުރާގެ ޗެމްޕިއަން ސައްޔިދު ސަލާހުއްދީން ބަލިކޮށްފައި ފައިނަލަށް ދިޔަ ޔޫސުފް ކަޔާން އަށް ލިބުނީ 7.50 ޕޮއިންޓެވެ. އިނާން ފައިނަލަށް ދަތުރު ކުރީ ސެމީގައި އަހުމަދު ލުޒެއިން ބަލިކޮށްފަ އެވެ.
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ތިން ވަނަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ފަށައިފި
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
ސާފިން ޖޫނިއާ ރޭންކިންގައި ރާއްޖެ އަށް އޭޝިއާގެ ދެވަނަ
ޗެމްޕިއަންކަން އިންޑޮނޭޝިއާ އާއި ޖަޕާނު ސާފަރުންނަށް
ފައިނަލަށް ނުދެވުނަސް ކަޔާން ދައްކައި ދިނީ އުންމީދު
އޭޝިއަން ޗެމްޕިއަންޝިޕުގެ ސެމީން ކަޔާން ޖާގަ ހޯދައިފި
އޭޝިއަންގޭމްސްގެ ސާފިންއިން ފިރިހެން ޖާގައެއް ރާއްޖެއަށް
ދިވެހި ޖޫނިއާ ސާފަރުން ފުރަތަމަ ފަހަރަށް ކުއާޓާ އަށް