Roadha Mihaaru
އިޒްރޭލުގެ ހަމަލާގައި ހިސާބު ޖެހުން ނުބައި: ޚާމަނާއީ

އިޒްރޭލުގެ ހަމަލާއަކީ ނުބައިކޮށް ޖެހި ހިސާބެއް: ޚާމަނާއީ

28 އޮކްޓޯބަރ 2024

އިޒްރޭލުން އީރާނަށް ދިން ހަމަލާ "ބޮޑުކޮށްވެސް އަދި ކުޑަކޮށްވެސް ދައްކަން ނުޖެހޭނެ" ކަމަށާއި އިޒްރޭލުން ހިސާބުޖެހީ ނުބައިކޮށް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލާ "ބޮޑުކޮށްވެސް އަދި ކުޑަކޮށްވެސް ދައްކަން ނުޖެހޭނެ" ކަމަށާއި އިޒްރޭލުން ހިސާބުޖެހީ ނުބައިކޮށް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

"ޒައިނިސްޓް ވެރިކަން (އިޒްރޭލުން) އިން ދެ ރޭ ކުރިން ހިންގި ނުބައި އަމަލުތައް ބޮޑުކޮށް ވެސް އަދި ކުޑަކޮށްވެސް ދައްކާކަށް ނުޖެހޭނެ،" އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާމަނާއި ވިދާޅުވި އެވެ.

އިތުރު ތަފްސީލެއް ނުދެއްވައި، ޚާމަނާއީ ވިދާޅުވީ މި ހަމަލާއަކީ "ނުބައިކޮށް ހިސާބުޖެހުމެއް" ކަމަށެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން އީރާނުގެ އަސްކަރީ ތަންތަނަށް ވައިގެ މަގުން ހަމަލާ ދިނީ މި މަހުގެ 1 ގައި އީރާނުން އިޒްރޭކަށް ދިން މިސައިލް ހަމަލާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އީރާނުގެ އެ ހަމަލާއަކީ އީރާނުގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރި ލީޑަރުންނާއި އީރާން ސިފައިންގެ ކޮމާންޑަރެއް މަރާލުމަށް ދިން ރައްދެކެވެ.

އިޒްރޭލުން އީރާނަށް ދިނއ ހަމަލާގައި އީރާން ސިފައިންގެ ހަތަރު މީހަކު މަރުވި އެވެ.

އީރާނުގެ އޮފިޝަލުންނާއި މީޑިއާއިން އިޒްރޭލުގެ ހަމަލާތައް ކުޑަކޮށް ދައްކައި، އީރާނުގެ ދިފާއީ ގާބިލްކަން މޮޅުކަން ފާހަގަކޮށްފައިވެ އެވެ.