Roadha Mihaaru
ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި

28 އޮކްޓޯބަރ 2024

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ ސަމީރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ ސަމީރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަމީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ ޕީޖީ އޮފީހުގައި އޭނާގެ އެންމެ ފަހު ދުވަސް ކަމަށެވެ. އެހެންވެ، އެކުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކޮށް، ކުރިއަށް ހުރި މަސައްކަތާ މެދު ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އިސްތިއުފާ ދެއްވީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށް އޭނާ "މިހާރު" އަށް ވިދާޅުވި އެވެ.

ޑެޕިއުޓީ ޕީޖީގެ މަގާމަށް ސަމީރު އައްޔަން ކުރެއްވީ މެއި، 2022 ގަ އެވެ.

ސަމީރު އިސްތިއުފާ ދެއްވުމާ އެކު، ޑެޕިއުޓީ ޕީޖީއަކަށް މި ވަގުތު ހުންނަވާނީ މަހުމޫދު ސަލީމް އެކަންޏެވެ.

އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރާނީ ޕްރޮސެކިއުޓާ ޖެނެރަލެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި 10 އަހަރަށް ވުރެ ގިނަ ދުވަސް އަދި އޭގެ ކުރިން ސިވިލް ކޯޓުގެ އިސްގާޒީ ކަން ވެސް ކުރެއްވި ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މީގެ ދެ އަހަރު ކުރިންނެވެ.

މިސްރުގެ އަޒްހަރު ޔުނިވަސިޓީންނާއި މެލޭޝިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެއްވި ސަމީރަކީ ހައި ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ނިންމެވި ބޭފުޅެވެ. އަނބިމީހާ ފިރިމީހާ ރޭޕްކުރުމުގެ ކުށެއް ފުރަތަމަ ފަހަރަށް ސާބިތުވާ ކަމަށް 2020 ވަނަ އަހަރު ހައި ކޯޓުން ނިންމެވީ ވެސް އޭނާ އެވެ.