އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ނިންމި ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ނިންމި ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޕީޖީ އޮފީހުން ރޭ ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހަދާފައިވާ އިމުއިނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުން އުވާލަން ޕީޖީ އައްބާސް ޝަރީފް ނިންމަވާފައިވާ ކަމަށެވެ. އެއްބަސްވުންތައް ނިމުމަކަށް އައުމާ އެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް، ޕީޖީ އޮފީހަށް ހުށަހެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންގެ އިދާރާގައި ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ.
ޕީޖީ އައްބާސްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި ރައީސް މުއިއްޒު "އެކްސް" ގައި ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖެ އަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހުރިހާ މީހުންނާ މެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާ އެކު އަމަލު ކޮށްގެން ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު
މުހައްމަދު އައްލާމް ލަތީފް
އަހްމަދު އިސްފާހު
މުހައްމަދު ހުސެއިން (އޮއިއްޓޭ)
ކުރީގެ ނައިބު ރައީސް އަދީބު: މިހާރު ދިރިއުޅުއްވަނީ ރާއްޖެ އިން ބޭރުގައި.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފުވެ ކުށް ސާބިތުވި އަދީބާއި އެކަމުގައި އޭނާގެ ބައިވެރިންނަށް ލުއިދިނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އެ ތަހުގީގު، ހިންގީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައި ތަހުގީގީ އިދާރާތައް ގުޅިގެންނެވެ.
ޒިޔަތާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން އޮގަސްޓް 2022 ގައި އުވާލާފައިވާ ކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.
ހިޔާނާތުގެ ބައިވެރިންނާ އެކު ދައުލަތުން ކުރިން އެއްބަސްވުން ހެދީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެއްބާރުލުން ދިނުމަށެވެ. އެކަމަކު، ތަހުގީގަށާއި ގެއްލިފައިވާ ފައިސާ ހޯދަން އެއްވެސް އެހީތެރިކަމެއް އެ މީހުންގެ ފަރާތުން ނުލިބޭ ކަމަށް ތަހުގީގީ އިދާރާތަކުން އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ރޭ ބުންޏެވެ.
ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާތައް އެންމެ ގިނައިން ޖަމާކުރީ އެސްއޯއެފް އަށެވެ. އެހެން ފަރާތްތަކަށް އެ ފައިސާ ޖަމާކުރީ އެސްއޯއެފް މެދުވެރިކޮށެވެ. އޭރު އެސްއޯއެފްގެ ފަރާތްތަކާއި ކުރީގެ ނައިބު ރައީސް އަދީބާ ދެމެދު ގާތް ގުޅުމެއް އޮތެވެ. ނަމަވެސް، އިއުތިރާފުގެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބާއި އެ ކުންފުނީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އިއުތިރާފް އެއްބަސްވުންތަކުގެ ސަބަބުން އަދީބަށް ވެސް ބޮޑެތި ލުއިތަކެއް ލިބުނެވެ.
އަދީބުގެ މައްޗަށް ކުރު މުއްދަތެއްގެ ހުކުމެއް އަންނަ ގޮތަށް ދައުވާ އުފުލީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވުމަށް ފަހު އެވެ.
ހަތް ދައުވާއެއް އުފުލައި 20 އަހަރުގެ ހުކުމެއް އިއްވީ، އަދީބާއި ދައުލަތާ ދެމެދު ވީ ޕްލީ ބާގެއިން [ކުށަށް އިއުތިރާފްވުމުގެ] އެއްބަސްވުމުގެ ދަށުންނެވެ. މި ހުކުމާ އެކު އައީ އެންމެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. ބިލިއަނުން ޖޫރިމަނާ ކުރެވެން އޮއްވައި އެހާ ކުޑަ އަދަދަކުން ޖޫރިމަނާކުރި ސަބަބާ މެދު އޭރު ވެސް ގާނޫނީ ބޭފުޅުން ސުވާލު އުފެއްދެވި އެވެ.
އެ ބޭފުޅުން އޭރު ވެސް ވިދާޅުވި ގޮތުގައި، މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް ޖޫރިމަނާ ކުރެވެން އޮއްވައި ކުޑަ އަދަދަކަށް އެއްބަސްވުމަކީ ދައުލަތަށް ފައިދާއެއް ނޫނެވެ.
އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބުގެ ޖަލު ހުކުމް އެންމެ ހަތަރު ދުވަހަށް ކުޑަކޮށް ދެއްވައިފަ އެވެ. އެހެންވެ، އެ ނިންމުމާ އެކު އަދީބު ވަނީ މިނިވަންވެފަ އެވެ. އޭގެ ފަހުން އަދީބު ވެސް މިހާރު އުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
އަދީބުގެ ފޯނާއި ލެޕްޓޮޕް: ދައުލަތަށް ބޮޑު ޓެސްޓެއް!
ޕީޖީ ޝަމީމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"
ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރާނީ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބުގެ ބަންދުގެ މުއްދަތު ޖަހައެއް ނުދިން